އިއޭސީގެ ފަރާތުން އަންނަނީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން
ހަބަރު
02 Jan 2024 | 14:43
ފަލަސްތީނުގެ ޣައްޒާގައި އައިއޭސީން މޯބައިލް ފާހާނާތަކެއް ބަހައްޓަނީ

ޒަޔަނިސްޓް އިޒުރާއިލުގެ ރަހުމުކުޑަ ހަމަލާތަކުން ސުންނާފަތިވެފައިވާ ފަލަސްޠީނުގެ ޣައްޒާގައި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީން މޯބައިލް ފާހާނާތަކެއް ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން އައިއޭސީން ބުނިގޮތުގައި ޣާއްޒާގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާ މޯބައިލް ފާހާނާތައް ބަހައްޓާ ނިމުމުން ޣާއްޒާގެ ކޭންޕުތަކުގައި ދިރިއުޅެމުން ގެންދާ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަރަށް ބޮޑަތި ލުއިތަކަކާއި ފަސޭހަކަމެއް ލިބިގެން ދާނެއެވެ.

"މި ފާޚާނާތައް ހެދި ހަރުކުރެވެމުންދާއިރު ފެން ރައްކާ ކުރެވޭނެ ޓޭންކެއް ވެސް މިއާއިއެކު ބެހެއްޓޭނެ. ތިޔަ ބޭފުޅުންނަށް ޣައްޒާ އެމަރޖެންސީ ފަންޑަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ." އައިއޭސީން މިހާރު ޤާއިމު ކުރަމުން ގެންދާ ފާހާނާއި ތަކާއި ގުޅޭގޮތުން ބުނެފައިވެއެވެ.

ދިވެހިރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންނަށް ވެދެއްވާ ދީލަތި އެހީތައް ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މެދުވެރިއެއްގެ ރޯލު އަދާކުރަމުން ގެންދާ އައިއޭސީން މީގެ ކުރިންވެސް ވަނީ ހާލުގައި ޖެހިފައިވާ ނިކަމެތި ފަލަސްޠީނުގެ ރައްޔިތުންނަށް ތަފާތު ރޮނގުތަކުން އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަތަކަށް ބޭނުންވާ ބޭހުގެ ބާވަތްތަކާއި ކެއިން ބުއިމަށް ބޭނުންވާ ބައެއް ސާމާނުވެސް ވަނީ ދިވެހިރައްޔިތުންގެ އެހީތެރިކަމާއިއެކު އެ ޖަމްއިއްޔާގެ ފަރާތުން ފޯރުކޮށްދީފައެވެ.

ހައްދު ފަހަނަ އަޅާފައިވާ ޒަޔަނިސްޓް އިޒުރާއިލުގެ ފަރާތުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އިންސާނިއްޔަތު ކަމުގެ ކުޑަ މިންވަރެއްވެސް ނެތް އުދުވާނީ ހަމަލާތަކުގައި މިހާތަނަށް ފަލަސްޠީނުގެ ކުށެއްނެތް އެތައްހާސް ރައްޔިތުންނެއް ވަނީ ޝަޙީދުވެގެން ގޮސްފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.