ލަންކާގައި ކުރިއަށްދާ ޑުރަގު އޮޕަރޭޝަންގެ ތެރެއިން
ދުނިޔެ
03 Jan 2024 | 11:15
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި ގިނައަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި

ލަންކާގެ ސަރުކާރުން މިހާރު ޑްރަގާއި ދެކޮޅަށް ފަށާފައިވާ ޚާއްޞަ ބޮޑު އޮޕްރޭޝަނުގައި މިހާތަނަށް ވަރަށް ގިނަ ބަޔަކު ހައްޔަރުކޮށްފިކަމަށް ލަންކާގެ މީޑިޔާތަކުން ހާމަކޮށްފިއެވެ.

އެގޮތުން މިހާތަނަށް 22000 ހާހަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވާއިރު އިއްޔެ އަކަނިވެސް 822 މީހަކު ހައްޔަރުކޮށްފައި ޅ ވާކަމަށް ލަންކާގެ މީޑިޔާތަކުން ރިޕޯރޓްކުރެއެވެ.

ލަންކާ ސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް ފަށާފައި މިވާ ވަރުގަދަ ބޮޑު އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެތަކެތި ވިއްކާ ވިޔަފާރި ކޮށްގެން ޤަވާއިދާ ހިލާފަށް ހޯދާފައިވާ މުދަލާއި އަންޑަވޯލްޑް ލީޑަރުންނާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ ގިނަ އަދަދެއްގެ މުދާ މިހާތަނަށް ފުލުހުން އަތުލައިގެންފައިވާ ކަމަށްވެސް ލަންކާގެ މީޑިޔާ ރިޕޯރޓްތައް ބުނެއެވެ.

ލަންކާގެ ކަމާއިބެހޭ ފަރާތްތަކާއި ހަވާލާދީ އެ ޤައުމުގެ މީޑިޔާތަކުން މި އޮޕްރޭޝަނާއި ގުޅޭގޮތުން ރިޕޯރޓްކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި އިއްޔެ ވަނީ ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ވެސް، ގާނޫނާ ހިލާފަށް ހަދާފައިވާ ކަމަށް ނިންމައި ތަޅާލައިފަ އެވެ. އަދި މި ވިޔަފާރީގައި އުޅޭ މީހުންގެ އަތުން ފެނުނު އަގު ބޮޑު މުދާތައް ދައުލަތަށް ނަގަންވެސް ވަނީ ނިންމައިފަ އެވެ.

ސްރީލަންކާއަކީ މި ސަރަހައްދުގެ ޤައުމުތަކަށް އެންމެ ގިނަ އަދަދަކަށް ޑްރަގު ސަޕްލައިކުރާ ޤައުމަކަށް ވާއިރު ލަންކާ ސަރުކާރުން ފެށި މި ބޮޑު އޮޕްރޭޝަނުގައި އެޤައުމުގެ އަސްކަރިއްޔާއިން ގެންދަނީ ކަނޑުގެ ސަރަހައްދުން އެޤައުމަށް އެތެރެކުރާ ޑްރަގުތައްވެސް އަތުލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.