ހަބަރު
05 Jan 2024 | 06:29
25 މިލިއަން މީހުންނަށް އަމާޒުކޮށް ވިއައިއޭގެ 2 ވަނަ ފިޔަވަހީގެ މަޝްރޫއު ފަށައިފި

ޖުމުލަ 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭނެ އާ އިންޓަނޭޝަނަލް ޓާމިނަލަކާއި އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ އިފްތިތާޙް ކޮށްދެއްވައިފިއެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިރޭ މި އިޢުލާނު ކުރެވުނު ބޮޑު މަސްރޫޢު އާއިއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަން މިހާރު ކުރިއަށް ގެންދާ މަޝްރޫއު އެތައް ގުނައެއް ފުޅާވެގެންދާނެކަމަށެވެ.

" އިރާދަކުރެއްވިއްޔާ ދެންމެ އިފުތިތާހްކުރެވުނު ތަޞައްވަރާއިއެކީގައި، އަޅުގަނޑުމެން އެންމެން ގުޅިގެން ދިވެހިންގެ ރާއްޖޭގެ ތަޞައްވަރު ޙަޤީގަތަކަށް ހަދާނަށް.، ފަތުރުވެރިކަމުގެ ދާއިރާއާއި އިޤްތިޞާދީ ދާޢިރާގެ ބޭފުޅުންގެ އެހީތެރިކަމާއި ފަންނީ ބައިވެރިވުމާއި އެކު މިހާރު މިކުރެވޭ މަސައްކަތް އިތުރުކޮށް 3 ގުނަ ފުޅާކުރެވޭނެ" މިރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްދު މުއިއްޒު ވިދާޅުވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ހާމަކުރެއްވި ގޮތުގައި މި މަޝްރޫއަކީ މިހާތަނަށް އެ އެއާޕޯޓުގައި ހިންގާ އެންމެ ބޮޑު މަޝްރޫއެވެ. މިއީ 20 އަހަރަށް ބަހައިލައިގެން ހިންގާ މަލްޓިމިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ތެރެއިން ވީއައިއޭގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ސީޕްލޭންގެ ޚިދުމަތްތައް ފުޅާކުރުމާއި، މައި ޓާމިނަލް ތަރައްގީކުރުމާއި ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރުން ހިމެނޭއިރު، ޑޮމެސްޓިކް ޓާމިނަލް ތަރައްގީކުރަނީ ގަޑިއަކު 2،000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެގޮތައްކަމަށް އެމްސީއެލްއިން ބުނެއެވެ.

އެމްސީއެލް އިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ސީޕްލޭންގެ ޚިދުމަތް އެހެން ރަށަކަށް ބަދަލުކޮށް، އެ ރަށާއި ހުޅުލެއާ ބްރިޖަކުން ގުޅައިލާގޮތަށް ނިންމާފައިވާ ނިންމުމެވެ. އަދި މާލެ ކައިރިގައި އޮތް ފުނަދޫ ގައި ހުރި ތެޔޮ ޓޭންކުތައް އެހެން ތަނަކަށް ރިލޮކޭޓުކޮށް، އެ ރަށުގައި ޒަމާނީ ފެންވަރުގެ ހޮޓަލެއް ތަރައްގީކުރަން ނިންމާފައިވާ ނިންމުމެވެ.

މިރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަޝްރޫޢުގައި ހިމެނޭ ގިނަ ކަންތައްތަކަކީ މިހާރު ހިގަމުންދާ މަޝްރޫޢުތަކާއި އެކުއެކީގައި ފެށިގެން ކުރިއަށްދާނެ މަސައްކަތްތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ