މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗީފް އެގްޒެކްޓިވް ޑިރެކްޓަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
05 Jan 2024 | 10:38
ވީއައިއޭގެ ބޮޑުބައި ނިންމައި މިއަހަރު ހުޅުވާލެވޭނެ؛ އެއާއެކު ގާތްގަނޑަކަށް 1000 އައު ވަޒީފާ އުފެދިގެން ދާނެ: ޝަރީފް

ރާއްޖޭގެ މައި ދޮރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު، ވީއައިއޭގެ ތަރައްގީ ކުރުމަށް މަސައްކަތް ފެށިފައިވާ ބައިގެ ބޮޑުބައި މިއަހަރަށް ނިމި ހުޅުވާލެވޭނެ ކަމަށާ، އެއާއެކު 1000 އައު ވަޒީފާ އުފެދިގެން ދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ޗީފް އެގްޒެކްޓިވް ޑިރެކްޓަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއޭސީއެލް ހިންގުމާއި އެބޭފުޅާ ހަވާލުވެވަޑައިގެންނެވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވި އިރުޝާދަކީ އައު ޓާމިނަލް އަވަހަށް ނިންމަވައި ޚިދުމަތް ދޭން ފެއްޓެވުމަށްކަމަށެވެ.

އެއާއެކު އެކަމަށް ބޭނުންވާ ޓާސްކް ފޯސް އުފައްދަވައި މަސައްކަތް ފަށްޓަވާފައިވާ ކަމަށާ، އެ މަސައްކަތް ސަރުކާރުގެ އިރުޝާދާއި އެއްގޮތަށް އަވަސް ސްޕީޑްގައި ނިންމަވާ ލެއްވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

ވީއައިއޭގެ ތަރައްގީ ކުރުމަށް މަސައްކަތް ފެށިފައިވާ ބައިގެ ބޮޑުބައި މިއަހަރަށް ނިމި، ރައްޔިތުންނަށް ޚިދުމަތްދޭން ފަށާނެ. މިއާއެކު އެމްއޭސީއެލް ގައި 25 އިންސައްތަ އިތުރު ވަޒީފާ އުފެދިގެން ދާނެ. އެއީ ގާތްގަނޑަކަށް 1000 އައު ވަޒީފާ

އިބްރާހީމް ޝަރީފް މުހައްމަދު

ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށްޓަކައި، ވައުގެ ދަތުރުފަތުރު ކުރިއެރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ދުރުރާސްތާ ޕްލޭން އެއް ގެންގުޅުއްވާ ބަޔަކަށް ކަމަށާ، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އަކީ އެފަދަ ލީޑަރެއް ކަމަށެވެ. 

ޝަރީފް ވިދާޅުވީ، މިހާރު ވީއައިއޭގެ ހުޅުވަން ތައްޔާރު ވެފައިވާ ޓާމިނަލްގެ ކެޕޭސިޓީ އަކީ 7 މިލިއަން ފަސިންޖަރުން ކަމަށެވެ. އެހެން ނަމަވެސް، ރައީސުލްޖުމުހޫރިއްޔާގެ އަމާޒާއި އެއްގޮތަށް ތަރައްގީ ކުރުމަށް ރޭ ނިންމެވިގެން ދިޔަ ޓާމިނަލް ގެ ކެޕޭސިޓީއަކީ 25 މިލިއަން ފަސިންޖަރުން ކަމަށެވެ. ވުމާއެކު ގަޑިއިރެއްގެ ތެރޭގައި 4000 ފަސިންޖަރުންނަށް ޚިދުމަތްދެވިގެންދާނެ ކަން އެބޭފުޅާ ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން، މިހާރު ގަޑިއަކު 300 ފަސިންޖަރުންނަށް ޚިދުމަތްދެވޭ ވީއައޭގެ ޑޮމެސްޓިކް ޓާމިނަލްގެ މަސައްކަތް ތައް ބަދަލުވެ އައު ޓާމިނަލް އެޅި ނިމުމުން، ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދެވިގެންދާނެ ކަމަށްވެސް ޝަރީފް ވިދާޅުވި އެވެ. 

ހަމައެހެންމެ، އަގު ހެޔޮ އެއާލައިން ތަކަށް ޚާއްސަކޮށް ލޯ-ކޯސްޓް ކެރިއަރ ޓާމިނަލް އެއް ބިނާ ކުރެވި، އެ ޓާމިނަލްއިންވެސް ގާތްގަނޑަކަށް 1000 ފަސިންޖަރުންނަށް ޚިދުމަތްދެވޭނެ ކަމަށް ވިދާޅުވި އެވެ. 

އަދި ސީ ޕްލޭންގެ ވަސީލަތްތައް ވެސް ތަރައްގީ ކޮށް ފުޅާ ކުރެވޭނެކަމަށް ޝަރީފް ވިދާޅުވި އެވެ. 

މީގެ އިތުރުން، ޝަރީފް ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު ނިމޭއިރު، އެމްއޭސީއެލްގެ ފިޔުލް ކެޕޭސިޓީ، 15 މިލިއަނުން، 45 މިލިއަނަށްވެ، 100 މިލިއަނާއި ހަމައަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި ޔޫރަޕިއަން ޔޫނިއަންގެ އޭވިއޭޝަން ސޭފްޓީ މިންގަޑު ތަކަށް ފެތޭ މުޅިން އައު އެމްއާރއޯ ފެސިލިޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް