އިކޮނަމިކް މިނިސްޓަރު މުހައްމަދު ސަޢީދު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
05 Jan 2024 | 15:56
ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ވީއައިއޭ މަޝްރޫއު މުހިންމު: ސަޢީދު

ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅު ޙަގީގަތަކަށް ހެއްދެވުމަށް ވީއައިއޭ މަޝްރޫޢަކީ އެންމެ މުހިއްމު މަޝްރޫޢުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަޢީދު ވިދާޅުވީ، އައު ސަރުކާރު ވެރިކަމާއި ހަވާލުވި އިރު, ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ.

އެގޮތުން ރާއްޖެއަށް ފަތުރުވެރިންއަންނަ ނިސްބަތް އިތުރުވެފައިވާ ނަމަވެސް، އެކަމުގެ ހަގީގީ ފައިދާ ދައުލަތަށް ކޮށްފައިވާތަން ފެންނަން ނެތްކަން ސަޢީދު ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އެ މައްސަލަ ހައްލުކޮށް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ އިޤްތިޞާދީ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ ލަފަޔާއެކު ޖައްސަވަފައިވާ ހިސާބެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

މިއާއެކު ސަޢީދު ވަނީ ރާއްޖޭގެ ޖީޑީޕީ އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ވީއައިއޭގެ އައު މަޝްރޫޢު ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

."ރައީސްގެ ވަޢުދުފުޅެއް ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ. މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ގްރޯތެއް އަޔަސް މިހިސާބުތަކުން ބުނެދެނީ 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަން. އެކަންކުރުމަށް މިއީ މުހިއްމު މަޝްރޫޢެއް." 

އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދު 

ސަޢީދު ވިދާޅުވީ ފަތުރުވެރިކަމާއި އޭވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެބަހުރިކަމަށެވެ. އެގޮތުން އެއަރލައިންތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ވީއައިއޭއިން ފިއުލް ގަންނަންލިބޭ އަގު ބޮޑުވުމުގެ ކަންބޮޑުވުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ފާހަގަކުރަމުންދިޔައީ ފަތުރުވެރިންގެ ނިސްބަތް އިތުރުވީނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށްވުމުގެ ވާހަކަތައްކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ރޭ އިފްތިތާހު ވެގެން ދިޔަ މަޝްރޫޢާއެކު އެ މައްސަލަތައްވެސް ހައްލު ވެގެންދާނެ ކަމަށެވެ. ވެލާނާ އެގޮތުން އެއަރލައިންތަކަށް ދޫކުރާ ފިއުލްގެ އަގު ހެޔޮވެ، ރާއްޖެއިން ބޭރުކުރާ ކާގޯ އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޒިޓަރ ބޭސްޑް އިކޮނޮމީއެއް ކަށަވަރުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން، މިސަރަޙައްދުގައި ނެތްވަރުގެ ޓްރާންސިޓް ޕޮއިންޓަކަށް ވީއައިއޭ ވެގެންދާނެ ކަމަށާ، އެހެން ޓްރާންސިޓް މަންޒިލްތަކަށް ނުލިބޭ ފައިދާ ރާއްޖެއަށް ލިބިގެންދާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.