ރައީސް ޑރ.މުއިއްޒު އިންޑިއާ ގެ ބޮޑުވަޒީރާއި ބައްދަލުކުރެއްވުން-- ފޮޓޯ: ޓްރިބިއުޓް އިންޑިއާ
ހަބަރު
06 Jan 2024 | 14:09
ބައިނަލްއަގްވާމީ ގޮތުން ގުޅުންތައް ކުރިއަށް ގެންދާނެ ގޮތް ނިންމާނީ ރާއްޖެއިން: އިންޑިއާ

ބައިނަލްއަގްވާމީ ގޮތުން އިންޑިއާ އާއި އެކު ގުޅުންތައް ކުރިއަށް ގެންދާނެ ގޮތް ނިންމާނީ ރާއްޖެއިން ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ނޫހަކުން ބުނެފައިވަނީ އިންޑިއާ އާއި ޗައިނާއިން ވެސް މި ސަރަހައްދުގައި ނުފޫޒު ފޯރުވުމަށް ވާދަކުރާއިރު، ރާއްޖެއިން ޗައިނާ އަށް ދަރާފައިވާ 1.3 ބިލިއަން ޑޮލަރާއި އެކު ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ބޮޑަށް ލެނބިފައިވަނީ ޗައިނާ އާއި ދިމާލަށް ކަމަށެވެ.

"ފެންނަނީ ރައީސް ޑރ.މުއިއްޒު އިންޑިއާއާ ގުޅިގެން ކުރިއަށް ގެންދަން ފަސްޖެހޭތަން. އެމަނިކުފާނުގެ އަމަލުތައް އަމާޒުކޮށްފައި ހުރީ ރާއްޖެއާއި އިންޑިޔާ އާއި ދެމެދު ދުރުމިން އުފައްދާ, ޗައިނާއާއި އެކު ގާތް އެކުވެރިކަމެއް އުފައްދަން. މިއީ އިންޑިއާއިން ކަންބޮޑުވާން ޖެހޭ ކަމެއް"

ނިއުދިއްލީގައި ހުންނަ އޮބްޒާވަރ ރިސާޗް ފައުންޑޭޝަންގެ ތިންކް ޓޭންކްގެ މެރިޓައިމް ޕޮލިސީ އިނިޝިއޭޓިވްގެ ވެރިޔާ އަބިޖިތު ސިންގް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އޭނާ ބުނުއްވީ އިންޑިއާ އަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ޗައިނާއަށް ވަޑައިގަތުމަކީ ވެސް މި ކަމުގެ "ސިގްނަލެއް" ކަމަށެވެ.

އިންތިހާބުވެވަޑައިގަތުމަށްފަހު ގިނަ ރައީސުން އެންމެ ފުރަތަމަ އިންޑިއާއަށް ޒިޔާރަތް ކުރެއްވި ނަމަވެސް ރައީސް ޑރ.މުއިއްޒު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ.

އެއަށް ފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް ކޮޕް 28 ސަމިޓް އަށް ވަޑައިގެން އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ދެގައުމުން ވަނީ ކޯ ގްރޫޕެއް އުފައްދައިފަ އެވެ. 

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް ޑރ.މުއިއްޒު ވަރަށް އިސްކަމެއް ދީގެން ކުރައްވަމުންގެންދަވާ ކަމެކެވެ. މި ގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ބެހޭ މަޝްވަރާތައް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ ފައްޓަވާފައި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.