ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ:ވޮއިސް
ހަބަރު
06 Jan 2024 | 15:43
އިންތިޚާބު ކޮށްފިނަމަ، ޚިދުމަތްތެރި ބަޔަކު މަޤާމާއި ހަވާލުވިކަމުގެ ތަފާތު ފެންނާނެ: އާޒިމާ

ދިވެހި ޤައުމަށް ޚިދުމަތް ކުރުމުގައި އެކަމަނާއަށާއި އެކަމަނާގެ ޓީމަށް ފުރުޞަތު ދެއްވައިފި ނަމަ ޤައުމަށް ޚިދުމަތްތެރި ބަޔަކު މަޤާމާއި ހަވާލުވިކަމުގެ ތަފާތު ފެނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އުސްތާޛާ އާޒިމާ މިފަދައިން ވިދާޅުވެފައި މިވަގުތު ހުޅުމާލެ ފޭސް އެކެއްގައި ކުރިއަށްދާ އެކަމަނާގެ ކެންޕެއިން އިވެންޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުސްތާޛާ އާޒިމާ ވިދާޅުވީ އެކަމަނާ މާލޭ މޭޔަރުކަމަށް ނިކުންނެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފުރިހަމަ ތާއިދާއި އެއްބަރުލެއްވުމާއި އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން މި ނިކުތީ ޤައުމަށް ޚިދުމަތް ކުރަން ، އަޅުގަނޑާއި، އަޅުގަނޑުގެ ޓީމު މާލޭ ކައުންސިލަށް ހޮވައި ދެއްވައިފިނަމަ އަޅުގަނޑުމެންގެ ފަރާތުން ޤައުމަށް ޚިދުމަތް ކުރުމުގައި ތަފާތު ފެނިގެން ދާނެ." މިއަދުގެ ބައްދަލުވުމިގައި ދެއްކެވި ކުރު ވާހަކަ ކޮޅުގައި އާޒިމާ ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަދި ދަޢުލަތުގެ ގިނަ އަދަދެއްގެ ވަޒީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ