ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ:ވޮއިސް
ހަބަރު
06 Jan 2024 | 15:52
ހުޅުމާލެ ފޭސް އެކެއްގެ ފްލެޓަކުގެ ކުލި ކުޑަ ކުރަން ނިންމައިފި

މި އަންނަ ފެބުރުއަރީ މަހުން ފެށިގެން ހުޅުމާލެ ފޭސް އެކެއްގެ ހުރިހާ ސޯޝަލް ހައުސިން ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާ އެކަން އިޢުލާނު ކުރައްވައިފިއެވެ.

މިކަން އިޢުލާނު ކުރައްވާފައިވަނީ މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ ރައްޔިތުންނާއިއެކު މިއަދު ބޭއްވެވި ބައްދަލު ވުމެއްގައެވެ.

"އަޅުގަނޑު މިއަދު މިތަނުގައި އިއުލާނު ކޮށްލަން ބޭނުން ވަނީ ފުރަތަމަ ފިޔަވަހީގައި ހުރި ހުރިހާ ފްލެޓަކުން މިއަންނަ މަހުން ފެށިގެން 20 ޕަސެންޓް އަގު ކުޑަވެގެން ދާނެ" 

ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިގޮތުގައި ހުޅުމާލެ ތަރައްޤީ ކުރީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ފޭސް އެކެއްގައި ދިރުއުޅުއްވާ ފަރާތްތަކުން މިހާރުވެސް ބޮޑު އަގެއް ދައްކަވަން ޖެހޭކަން ރައީސް ޑރ. މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން ރައީސް ވިދާޅުވީ އެތަންތަނަށް 4000 އާއި 7000 ދެމެދުގެ އަގެއް މެއިންޓެނެސް ފީއާއި އެކީ ދައްކަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މިގޮތައް ލުއި ދެވިގެން މިދަނީ މިހާރުގެ އިޤްތިޞާދީ ހާލަތު އޮތްގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރި ވެރިންނަށް ކުލި ދެއްކުމުގައި ދަތިކަމެއް ހުރިކަމަށް ފާހަގަ ކުރެއްވޭތީ ކަމަށެވެ.

"މި ލުއި އަޅުގަނޑުމެން ރައްޔިތުންނަށް މި ދެނީ އިޤްތިޞާދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ވަރަށް ބޮޑަށް އޮތީ ހީނަރުވެފައި. އާމްދަނީ ވަރަށް ކުޑަ. ދައްކަން ޖެހޭ އެއްޗެއް މި ދެއްކެނީ ވަރަށް ހާލުގައި. ސަރުކާރުން މިކަމުގައި އެހީތެރިކަމެއް ދޭން ބޭނުންވާތީ ކުޑަ ކުރީ." 

ރައީސް ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެހީތެރިވުމުގެ ގޮތުން މާލޭ މޭޔަރުކަމަށް ސަރުކާރުގެ ކެންޑިޑޭޓް އުސްތާޛާ އާޒިމާ ޝަކޫރު ހޮއްވަވައި ދެއްވުމަށް ވަނީ އެދި ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.