ރައީސް ޑރ.މުހައްމަދު މުއިއްޒު---ފޮޓޯ: ވޮއިސް
ހަބަރު
06 Jan 2024 | 19:06
ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފި: ރައީސް މުޢިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުގައި ވިދާޅުވި ފަދައިން ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމަށް ބޭނުންވާ، އިތުރު ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މިހާރު ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ މާލޭ މޭޔަރުކަމަށް ޕިޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރުގެ ކެންޕެއިން އިވެންޓެއްގައި ހުޅުމާލެ ފޭސް 2 ގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުންނެވެ.

"ހިޔާ ސަރަހައްދު ނޫނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ނިންމާފައި ހުރި ކަންތަތަކެއް އެބަހުރި. ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް. އެއް ކަމަކީ، މި ޓަވަރުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުން. އެކަންތައް ސަރުކާރުން ނިންމާފައިވާ ގޮތަށް މިހާރު އެޗްޑީސީން އެ ވަނީ މަސައްކަތް ފަށައި ބަޔަކާ އެގްރިމަންޓް ހަދައިގެން ލިފްޓްތައް ގެނެސް ލިފްޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައި،" 

ތަފްސީލް ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މިއަދުގެ މި އިވެންޓުގައި ވާހަކަފުޅު ދައްކަވަން ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި އަދިވެސް ވަރަށް ގިނަ ކަންކަން ހިޔާ ސަރަހައްދަށް ބޭނުންވާ ކަމަށާއި، އޭގެ ތެރޭގައި އިތުރު ދެ ސްކޫލާއި، ހޮސްޕިޓަލް ފަދަ ކޮންމެހެން ހުންނަން ޖެހޭ ކަންކަން އެ ސަރަޙައްދުގައި ފުރިހަމާވާން ޖެހޭކަމަށެވެ.

މިއަދުގެ މި ބައްދަލުވުމުގައިވެސް ރައީސް ޑރ.މުއިއްޒު ދެއްވި ޔަޤީން ކަމަކީ އެމަނިކުފާނުގެ ސަރުކާރުން އެސަހައްދުގެ ރައްޔިތުންނަށް  ޖުމްލަކޮށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީން ކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެއްކޮށް ކަހަލަ ގޮތަކަށް ގެންދަވަނީ ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އުސްތާޛާ އާޒިމާގެ ކެންޕެއިން އިވެންޓްތަކުގައި ބައިވެ ވަޑައިގަންނަވަމުންނެވެ.

މޭޔަރުކަމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ