މާރިއޯ ޒަގަލޯ ބްރެޒިލްގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ
ކުޅިވަރު
07 Jan 2024 | 01:55
4 ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރި، މާރިއޯ ޒަގަލޯ މަރުވެއްޖެ

ބުރެޒިލްގެ ފުޓްބޯޅަ ލެޖެންޑް މާރިއޯ ޒަގަލޯ ހޮނިހިރު ދުވަހުގެ ވަގުތެއްގައި މަރުވެއްޖެކަމަށް އެޤައުމުގެ ފުޓްބޯޅަ ފެޑަރޭޝަނާއި ހަވާލާދީ މީޑީއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 92 އަހަރުގައި މާރިއޯ ޒަގަލޯ މަރުވިއިރު، އޭނާ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު ވޯލްޑްކަޕް ޗެންޕިއަންކަން 4 ފަހަރަށް ހޯދާފައެވެ. އަދި ޒަގަލޯ ވަނީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ގޮތުގައި ވޯލްޑްކަޕްގެ ތަށި އެންމެ ފުރަތަަމަ އުުފުލާލުމުގެ  ޝަރަފް ހޯދާފައެވެ. 

1958 ވަނަ އަހަރު ބްރެޒިލް އިން ފުރަތަަމަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބުކުރި އިރު، އޭރު އުމުރުން 27 އަހަރުގެ ޒަގަލޯ އަކީ އެޓީމުގެ ވަރަށް މުހިންމު ކުޅުންތެރިއެކެވެ. އަދި ޖެހިގެންއައި 1962 ވަނަ އަހަރުގެ ވޯލްޑްކަޕް ބްރިޒިލް އަށް ކާމިޔާބުކޮށްދިނުމުގައި ވެސް ޒަގަލޯ ވަނީ އެޓީމުގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

1958 ފެށިގެން 1964 ވަނަ އަހަރާއި ހަމައަށް ބްރެޒިލްގެ ގައުމީ ޓީމަށް 33 މެޗު ކުޅެ 5 ލަނޑު ކާމިޔާބުކޮށްދީފައިވާ ޒަގަލޯ އަކީ މެދުތެރެއާއި ވައަތް ފަރާތު އަރިމަތިން ބުރެޒިލްގެ ހަމަލާތަކުގެ އެންމެ އިސް ދައުރެއް އަދާކުރާ އެއް ކުޅުންތެރިއާއެވެ. އަދި ޒަގަލޯ ވަނީ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ކޯޗެއްގެ ގޮތުގައި ބްރެޒިލް އަށް ކަމިޔާބު ކޮށްދިނުމުގެ އިތުރުން 1994 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ.

މީގެއިތުރުން ވެސް 1998 ވަނަ އަހަރު ފުރާންސްގައި ބޭއްވުނު ވޯލްޑްކަޕްގެ ދެވަނަ ބްރެޒިއަށް ހޯދައި ދިނުމުގެ އިތުރުން 1997 ވަނަ އަހަރު ބޮލިވިއާ ގައި ބޭއްވުނު ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ހަމަ އެއަހަރު ސައުދި އަރަބިއާގައި ބޭއްވުނު ފީފާ ކޮންފެޑެރޭޝަން ކަޕްގެ ޗެމްޕިއަންކަން ބްރެޒިލް އިން ހޯދީ ޒަގަލޯގެ އިރުޝާދުގެ ދަށުންނެވެ.

މީގެ އިތުރުން 1996 ވަނަ އަހަރު އެޓްލާންޓާ އޮލިމްޕިކްސް ގައި  ކުވައިތަށް ބްރައުންޒް މެޑަލް ހޯދައި ދިނުމުގެ އިތުރުން 1957 ވަނަ އަހަރު އޭޝިއަން ކަޕްގެ ރަނަރަޕް ކަން އީރާނުން ހޯދިއިރު، އެޓީމުގެ ކޯޗަކީ ވެސް ޒަގަލޯ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.