އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިިން
ކުޅިވަރު
07 Jan 2024 | 18:23
ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްޖީ ސްޕޯޓްސް ކްލަބުގެ އެކަޑަމީ ރަސްމީކޮށް ފަށައިފި

އެމްޖީ ސްޕޯޓްސް ކްލަބާއި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ގުޅިގެން ކ. ކާށިދޫގައި ކުރިއަށް ގެންދާ ފުޓްބޯޅަ އެކަޑަމީގެ ހަރަކާތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ހަވީރު ބާއްވައިފިއެވެ.

ކާށިދޫ ފުޓްބޯޅަ ދަނޑުގައި ބޭއްވި މިރަސްމިއްޔާތުގެ ޝަރަފްވެރި ކޮށްދެއްވީ ފުޓްބޯޅަ އިން ދިވެހިރާއްޖެއަށް އެންމެ ފުރަތަަމަ ރަންމެޑަލް ހޯދައިދިން ކެޕްޓަން އަސްއަދު އަބްދުލްޣަނީ އެވެ.

އަދި މިރަސްމިއްޔާތުގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ފުޓްސަލް ކުޅުންތެރިޔާ އަޔާޒު އަހުމަދު ވެސް ވަނީ ބައިވެރިވެފައެވެ. އަދި މިރަސްމިއްޔާތް ހޯސްޓް ކޮށްދެއްވީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ވަރަށް މަޝްހޫރު ފަންނާނެއް ކަމަށްވާ ނާޒިރު ޝިހާމް (ކާއްޓޭ) އެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަސްއަދު އަބްދުލްޣަނީ 

މީގެ އިތުރުން މިރަސްމިއްޔާތުގައި ފިއޮންޓީ ސްޕޯޓްސް އެކެޑަމީ ރައީސް މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ކާށިދޫ ކައުންސިލްގެ މެންބަރުންގެ އިތުރުން އެކަޑަމީގައި ރަޖިސްޓަރީ ކުރެވިފައިވާ ކުދިންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

ފިއޮންޓީ ސްޕޯޓްސްގެ ރައީސް މުހަންމަދު ނިޒާމް 

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިޒާމް ފާހަގަކުރެއްވި ގޮތުގައި ކާށިދޫގެ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ ފަރާތުން މިކަމުގައި ފެނިގެންދިޔައީ އެހެން އެއްވެސް ރަށަކުން ނުފެންނަފަދަ އެކުވެރިކަމެކެވެ. ހާއްސަކޮށް ސްކޫލްގެ ޕްރިންސިޕަލް އަދި ކާށިދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖްގެ ފަރާތުން ލިބުނު އެއްބާރުލުން ނިޒާމްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. 

ކާށިދޫ ކައުންސިލްގެ ރައީސް 

އިތުރަށް ވާހަކަދައްކަމުން ނިޒާމް ވިދާޅުވީ މި އެކަޑަމީ ހިންގުމުގައި ފިއޮންޓީ ސްޕޯޓްސްގެ ދައުރަކީ އެމްޖީ ސްޕޯޓްސް ކުލަބުން ބޭނުންވާ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުން ކަމުގައެވެ. އެގޮތުން އެކަޑަމީގެ ޓްރެއިނިންގް ޕްރޮގުރާމް ތައްޔާރުކުރުމުގެ އިތުރުން އެކަޑަމީއަށް ބޭނުންވާ ކޯޗުން ތަމްރީނުކުރުން ހިމެނެއެވެ.

އެގޮތުން މިހާރުވެސް ކުރިއަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިިން ކޯޗުންގެ ގޮތުގައި ޝައުގުވެރިކަން ހުރި ވަރަށް ގާބިލް ކޯޗުންތަކެއް އެރަށުން ފެނިގެން ގޮސްފައިވާތީ، ލ އުފާކުރާ ކަމަށް ނިޒާމް ވިދާޅުވިއެެވެ. އަދި އެ އެކަޑަމީގައި މިހާރު ތިބި ކުދިންގެ ތެރެއިންވެސް ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވާ ކަމަށާ އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެ އެކެޑެމީގެ ތެރެއިިން ތަމްރީނުވެގެން ނުކުންނަ ކުޅުންތެރިންގެ ތެރެއިިން ކުއްޖަކު ގައުމީ ޓީމުގައި ހިމެނި ރާއްޖެއިން ބޭރުން ރަންމެޑަލާއި އެކު ކާށިދޫ ފަސްގަނޑަށް އަންނަ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަސްއަދު އަބްދުލްޣަނީ 

މީގެ އިތުރުން މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން އަސްއަދު އަބްދުލްޣަނީ ކާށިދޫ ކައުންސިލްގެ ރައީސް ވެސް ވަނީ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.