ޕީޕީއެމް ޕީއެންސީ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރު-- ފޮޓޯ/ވޮއިސް
ހަބަރު
08 Jan 2024 | 21:43
އާޒިމާގެ މައްޗަށް އިތުރު ދައުވާއެއް ހުށަހަޅާފައެއް ނުވޭ؛ ދައުރުވާ ލިޔުތައްވެސް ސައްހައެއް ނޫން: ސިވިލްކޯޓް

ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި މާލޭ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް އިތުރު ދައުވާއެއް ކުރަން ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް އެ ކޯޓުން ބުނެފިއެވެ. 

ސިވިލް ކޯޓުން މިފަދައިން ބުނީ، އާޒިމާ ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ސިވިލް ކޯޓަށް ދައުވާ ކޮށްފައިވާ ކަމަށް ބުނެ 'ދައުރު' ނޫހުން ލިޔެފައިވާ ޚަބަރު ދޮގުކޮށް ނެރުނު ބަޔާނުގައެވެ. 

އެގޮތުން އެ ބަޔާނުގައި ބުނީ، ދައުރު ނޫހުގައި "އާޒިމާ ފްލެޓް ގަންނަން ކުންފުންޏަކުން ދިން 1.9 މިލިއަން ރުފިޔާ ނުދައްކައިގެން އިތުރު ދައުވާއެއް" ނަމުގައި ޝާއިޢު ކޮށްފައިވާ ޚަބަރުގައި އެފަދަ މައްސަލައެއް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ ކުރަން ހަމަޖެހިފައިވާ ކަމަށް ބުނެފައި ވީ ނަމަވެސް، އެފަދަ މައްސަލައެއް ސިވިލް ކޯޓުގައި ރެޖިސްޓާރ ކުރެވިފައިވެސް ނުވާ ކަމަށެވެ. 

އަދި މި މައްސަލައިގެ ލިޔެކިޔުންތަކެއް ކަމަށްބުނެ ދައުރު ނޫހުގައި ބަޔާންކޮށްފައިވާ ލޔެކިއުންތަކަކީ ޞައްޙަ ލިޔެކިޔުންތަކެއް ނޫން ކަމަށް ސިވިލް ކޯޓުގެ ބަޔާނުގައި ވެއެވެ. 

އެހެން ކަމުން، ރައްޔިތުން ކުރިމަތީގައި ކޯޓާއިމެދު ނުބައި ތަޞައްވުރެއް އުފދޭގޮތަށް އަދި ކޯޓުގެ ލިޔުންތައް ކަމަށް ބުނެ ސައްޙަނޫން ލޔުންތައް ތައްޔާރުކޮށް ކޯޓުގެ އަގު ވެއްޓޭގޮތަށް ކުރާ މިފަދަ ނޭދެވޭ އަމަލުތައް މިކޯޓުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މިފަދަ އަމަލުތަކާ ކޯޓުގެ ޙުރުމަތް ކެނޑުމުގެ އަމަލެއްކަމުގައި ބަލައި، އެފަރާތްތަކާމެދު ގާނޫނީ އިމުގެތެރެއިން އެޅެންހުރި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަން އަންގަމެވެ.

ސިވިލް ކޯޓު 

ސިވިލް ކޯޓުން މިފަދައިން ބުނެފައިވާއިރު، ދައުރު ނޫހުގެ އެ ޚަބަރާއި ގުޅިގެން ޢާޒިމާވެސް ވަނީ ބަޔާން ނެރެފައެވެ. 

އެގޮތުން ނެރުނު ބަޔާނުގައި އޭނާ ވަނީ އެވާހަކަ ދޮގުކޮށް، އެކަމާއި ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް އޭނާގެ ވަކީލުންގެ ޓީމުން ނިންމަވައި މަސައްކަތް ފަށްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. 

އެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކަކީ؛ 

1) ދައުރު ނޫހުގައި، ދޮގު ހަބަފަތުރައި، ލޔުންތައް އުފައްދައި ފެބްރިކޭޓްކޮށް ޢާޒިމާގެ އަބުރަށް އަރައިގަނެ، އަދި އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ބުނެ، އެ މައްސަލަ ބައްލަވައި ފިޔަވަޅު އަޅައި ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސަސް އަށް ހުށަހެޅުން

2) ޢާޒިމާގެ އިންތިހާބީ ޙައްގަކަށް ދައުރު ނޫހުން އަރައިގެންފައިވާ ކަމަށް ބުނެ، އެމައްސަލަ ބައްލަވައި ދެއްވުންއެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުން

3) އަބުރުގެ ދައުވާ ސިވިލް ކޯޓަށް ހުށަހެޅުން

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1އިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. ޖެންޝަން / މާލެ، އަޙްމަދު އާލިޝް ޢާޞިމް (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ރޭގެ ވަގުތެއްގައެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.