ކުލަބް ވެމްކޯގެ ކުޅުންތެރިން. / ފޮޓޯ: ޔަކޭ.އެމްވީ
ކުޅިވަރު
10 Jan 2024 | 08:26
ވޮލީބޯޅަ: ގައުމީ ތަށި ކުލަބު ވެމްކޯ އިން ދިފާއުކޮށްފި

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލްގައި އަންގާރަ ދުވަހުގެ ރޭ ޕޮލިސް ކުލަބާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-1 ސެޓުން ކާމިޔާބުކޮށް ކުލަބު ވެމްކޯ އިން މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.

ޕޮލިސް ކްލަބް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގެ ފުރަތަަމަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ފަހުން މުބާރަތުގެ ފައިނަލުން އެޓީމު ޖާގަ ހޯދި ފުރަތަަމަ ފަހަރެވެ. އަދި އެއަހަރު ޕޮލިހުން ވަނީ ކްލަބް ވެމްކޯ ބަލިކޮށް މުބާރާތް ކާމިޔާބުކޮށްފައެވެ.

ވެމްކޯ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ތިންވަނަ ސެމީގައި ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާއި ވާދަކޮށް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އަދި މިއީ ވެމްކޯ ގައުމީ މުބާރާތުގެ ފައިނަލުން ވިދިވިދިގެން ޖާގަ ހޯދި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ 2019 ވަނަ އަހަރުގެ ފައިނަލްގައި ޕޮލިސް ކްލަބް އަތުން އެޓީމު ބަލިވި ނަމަވެސް، މިދިޔަ އަހަރު ޖެނުއަރީ މަހު ކުޅުނު 2022 ވަނަ އަހަރުގެ މުބާރާތް ވެމްކޯ އިން ކާމިޔާބު ކުރީ ފައިނަލްގައި ކްލަބް ވޮލީބޯލް ބަލިކޮށްފަ އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ދެ ސެޓް ވެސް 21-25 އިން ކާމިޔާބުކުރީ ވެމްކޯ އިންނެވެ. ނަމަވެސް މެޗުގެ ތިންވަނަ ސެޓުގައި ޕޮލިސް ކުލަބުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިސެޓުގައި އެޓީމުން 8 ޕޮއިންޓްގެ ލީޑެއް ހޯދިއެވެ. އަދި މިސެޓް އެޓީމުން ކާމިޔާބުކުރީ 19-25 އިންނެވެ.

ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު 23-25 ގެ ނަތީޖާއަކުން މޮޅުވެ، ކުލަބް ވެމްކޯ އިން ވަނީ 3-1 ސެޓުން މޮޅުވެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބު ވެމްކޯގެ ކީޝާ ރިކޯލް ހަންޓް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.