ގުރޫޕްގެ ފުރަތަަމަ މެޗުގައި ބީޖީ ސްޕޯޓްސް ކުލަބާއި ޓެންޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ
ކުޅިވަރު
10 Jan 2024 | 08:12
ދެވަނަ މެޗުން ވެސް މޮޅުވެ ޓެންޓް ސްޕޯޓްސް ކުލަބުން ކުއާޓާގެ ފުރުސަތު ބޮޑުކޮށްފި

އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި އަންގާރަދުވަހުގެ ހަވީރު 5-1 ގެ ނަތީޖާއަކުން ދަ ގްރާންޑޭ އަތުން މޮޅުވެ ޓެންޓް ސްޕޯޓްސް ކުލަބުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ކުޅެވުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓް ކްލަބާއި ވާދަކޮށް 5-1 ގެ ނަތީޖާއަކުން މޮޅުވެ ޓެންޓް ސްޕޯޓްސް ކުލަބުން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފި އެވެ.

މުބާރާތުގައި ދަ ގްރާންޑޭގެ ފުރަތަަމަ މެޗު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ދެކޮޅަށް މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗު ވިއްސާރަ ވުމުގެ ސަބަބުން ވަނީ މިމަހުގެ 19 ވަނަ ދުވަހަށް ރީޝެޑިއުލް ކުރެވިފައެވެ. އަދި ޓެންޓް ސްޕޯޓްސް ކުލަބުން މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

މެޗުގެ ފުރަތަަމަ ހާފުގައި ޓެންޓް ސްޕޯޓްސް ކުލަބުން ދެލަނޑުގެ ލީޑެއް ނެގިއިރު، އެޓީމުގެ ފުރަތަަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު ފިރާޝް އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޗަލާނާ ޗަމީރާ އެވެ. މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ޓެންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަަނަ ހާފުގައި ޓެންޓް ސްޕޯޓްސް ކުލަބުން އިތުރު ތިން ލަނޑު ކާމިޔާބުކުރިއިރު، މިމެޗުގައި އެޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑާއި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ 62 ވަނަ މިނެޓާއި 70 ވަނަ މިނެޓުގައި އެޓީމުގެ ހަސަން ނިމާލް އެވެ.

ނަމަވެސް ޖެހިގެން އައި މިނެޓުގައި ދަ ގްރާންޑޭ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޝްރިފް މޫސާ އެވެ.

މިމެޗުގައި ޓެންޓް ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ފަސްވަނަ ލަނޑު ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާދަމް އާޒިމް އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 5-1 ގެ ނަތީޖާއަކުން ޓެންޓް ސްޕޯޓްސް ކުލަބު ކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕް ބީގެ އެއްވަނައިގައި މިވަގުތު އޮތީ ޓެންޓް ސްޕޯޓްސް ކުލަބެވެ. މިގުރޫޕްގައި ޓެންޓް ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ގެ އިތުރުން ދެން ހިމެނެނީ ކުލަބް ޓީނޭޖް، ބީޖީ ސްޕޯޓްސް ކުލަބު އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.