ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Jan 2024 | 11:38
ޗައިނާގެ އެހީގައި ރަސްމާލޭގައި 30،000 ހައުސިންގ ޔުނިޓް ތަރައްޤީކުރަނީ!

ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ޗައިނާއާއެކު އެއްބަސްވެފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ޖުމުލަ 20 އެއްބަސްވުމެއްގައި ސޮއި ކުރެވިފައިވާއިރު، އޭގެތެރެއިން، ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީއާ ދެމެދު ވެވުނު އެއްބަސް ވުމުގައި ފުށިދިއްގަރު ފަޅުގައި ސޯޝަލް ހައުސިންގ ޔުނިޓް ޕްރޮޖެކްޓެއް ހިންގުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑު ކުރުމާއި، މާލެ އާއި ވިލިމާލެ މަގުތައް އަލުން ތަރައްގީ ކުރުން ހިމެނެއެވެ. 

އެގޮތުން، ރާސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާ ގުޅޭ ތަފްސީލް، ދައުލަތުގެ މީޑިޔާ އަށް ދެއްވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި 30،000 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ.

އަދި މި 30،000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމުގެ ބަދަލުގައި އެއްފަހަރާ އެކީއެކަށް ހުރިހާ ޔުނިޓްތަކެއްގެ މަސައްކަތް ކުރިއަށްދާ ގޮތަށް ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރަސްމާލޭ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ އިތުރުން އެތަނުގައި އުމްރާނީ ވަޞީލަތްތަކާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި މަގުތައް ތަރައްޤީކުރުން ފަދަ އަސާސީ އެހެނިހެން ޚިދުމަތްތައް ޤާއިމްކުރުމާއި ގުޅޭ އެއްބަސްވުންތަކުގައިވެސް އިއްޔެ ވަނީ ސޮއި ކޮށްފައެވެ. 

ރަސްމާލެ މަޝްރޫއުގެ ދަށުން 1153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. 

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައިވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޔެއް ކަމުގައިވާ ބޮސްކާލިސް ވެސްޓްމިނިސްޓަރ ކޮންޓްރެކްޓިން ކޮމްޕެނީ އާއި ސީއެމްސީ ގުޅިގެންނެވެ. 

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މިފަޅު ހިއްކުމަށް ހަމަޖެހިފައިވަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ. މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެ ކަމަށް އާބަންކޯއިން އަންދާޒާ ކުރެ އެވެ.

ރަސްމާލެ ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވާހިކަމުގެ އެންމެ ބޮޑު މަޝްރޫއަށެވެ. މިގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނައެވެ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރަނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެންނެވެ. 

މި މަޝްރޫއަކީ މާލެ ސަރަހައްދުގަ ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސަތުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ފެށުމަށް ވައުދު ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއްވައުދެވެ. މި މަޝްރޫއު ނިމިގެންދާއިރު މާލެ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމާނިކުފާނު ވިދާޅުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ