މިހާރު އާސަންދައިން ޑީއެންއޭ ޓެސްޓް ހެދޭނެ
ހަބަރު
11 Jan 2024 | 16:43
އާސަންދައިން ޑީއެންއޭ ޓެސްޓް ހެދޭގޮތް ހަދައިފި

މީގެ ކުރިން ދިވެހި ދައުލަތުގެ އިންޝްއަރެންސް ނިޒާމު، އާސަންދައިގެ ދަށުން ނުހެދޭ ގޮތައް އޮތް ޑީއެންއޭ ޓެސްޓު މިހާރު ހެދޭނެ ކަމަށް، ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ޑީއެންއޭ ޓެސްޓް އާސަންދައިގެ ތެރެއިން ހެދޭނެ ގޮތް ހަމަޖެއްސީ ރައްޔިތުންނަށް ދޭ ސިއްހީ ޚިދުމަތް ހަރުދަނާ ކުރުމަށް ކަމަށް ހެލްތް މިނިސްޓްރީން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.

މިނިސްޓްރީން މިފަދައިން ބުނެފައިވާ އިރު މިއީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރަން ނިންމާފައިވާ ކަމެއްވެސް މެއެވެ.

އާސަންދައިގެ ދަށުން ޑީއެންއޭގެ ޓެސްޓު ހެދޭނެގޮތް ހަމަޖެހިގެން ދިޔައިރު މި ސަރުކާރުން ވަނީ  ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ވެސް ހަމަޖއްސައި ދެއްވާފައެވެ. އެގޮތުން މި އަހަރު ތެރޭގައި ދައުލަތުގެ ޚަރަދުގައި ފަސް ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައިދިނުމަށް ނިންމައިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފއެވެ.

ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުގެ ތެރޭގައި ހިމެނިގެން މިސަރުކާރުން ވަނީ ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދާ މީހުންނަށް އާސަންދައިގެ ދަށުން އެސްޓީއޯއިން ހިލޭ ބޭސް ލިބޭނެ އިންތިޒާމް ވެސް ހަމަޖައްސަވައި ދެއްވާފައެވެ. މީގެ އިތުރުން، މާލެ އާއި އަތޮޅުތެރެއިން ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ބޭހާއި އެހެނިހެން ކޮންސިއުމަބަލްސް ލިބޭނެގޮތް ވެސް ވަނީ ސަރުކާރުން ފަހިކޮށްދެއްވާފައެވެ.

ރާއްޖޭއަކީ ދުނިޔޭގެ ނިސްބަތުން ވެސް ތެލެސީމިޔާ ބަލީގެ މީހުން ގިނަ ޤައުމަކަށް ވާތީވެ އެ ބައްޔަށް ޚާއްޞަކޮށްގެން ، އެތަނުން ބައްޔާ ގުޅޭ ހުރިހާ ޚިދުމަތްތަކެއް ލިބޭ ފެންވަރުގެ އެންމެ ޒަމާނީ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ވެސް މި ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.