ރައީސް ޑރ. މުހައްމަދު މުއިއްޒު
ހަބަރު
12 Jan 2024 | 09:30
ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭ ހުރަހަކަށް ވާނެ މޭޔަރަކު ޚިޔާރުކުރުމަކީ މާލެއަށް ފައިދާވާނެ ގޮތެއް ނޫން: ރައީސް

ދިވެހި ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ހުރަހަކަށް ވާނެ މީހަކު މޭޔަރެއްގެ ގޮތުގައި މިވަގުތު ޚިޔާރުކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫންކަމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭލޭގެ މޭޔަރަކު ހޮވުމަށް މާދަމާ ބާއްވާ އިންތިހާބުގައި ސަރުކާރުހިންގާ މައިޕާރޓީ ޕީއެންސީން ވާދަކުރައްވާ އަލްއުސްތާޛާ އައިޝަތު އާޒިމާއަށް ތާޢިދު ޙޮއްދެވުމުގެ ގޮތުން މިވަގު ޗައިނާގައި ހުންނަވާ އެމަނކުފާނު ދެއްވި ވީޑިއޯ ޚިޠާބެއްގައި ވިދާޅުވީ މާލޭގެ ރައްޔިޔުްނނަށް މާލޭގެ ރައްޔިތުްނަށް ބޭނުންވެލައްވަ ކަންތައްތައް ކުރުމަސް ފަސޭހަ ވެގެންދާނީ ސަރުކާރަށް ތާޢިދު ކުރާ ކެްނޑިޑޭޓަކު މާލޭގެ މޭޔަރުކަމށް އިޚްތިޔާރުކޮސްގެން ކަމަށެވވެ.

" ސަރުކާރާއި މާލޭގެ ރައްޔިތުންނާއި ދޭތެރޭގައި ހުރަހަކަށް ވާނެ މީހަކު މޭޔަރެއްގެ ގޮތުގައި މިވަގުތު ޚިޔާރުކުރުމަކީ މާލޭގެ ރައްޔިތުންނަށް ފައިދާވާނެ ގޮތެއް ނޫން ، އަޅުގަނޑު މިހިރީ މާލެގެ ރައްޔިތުންނަށް ބޭނުންވެފަ މިހިރަ ހުރިހާ ކަމެއް ކުރަން ތައްޔާރަށް ކަމަށްވާއިރު މިކަންކަމަށް ހުރަސް އަޅާނެ މީހަކު މާލޭ މޭޔަރުކަށް މިވަގުތު ހިޔާރު ކުރެއްވުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމަކަށް ނުވާނެ، އަޅުގަނޑު ޔަޤީންކުރަން އެފަދަ ކަމެއް މާލޭ ރައްޔިތުން ނުކުރައްވާނެ ކަން، އަޅުގަނޑުގެ ފުރިހަމައިތުބާރު އެބައޮތް މާލެގެ ރައްޔިތުން މިކަމުގައި އަޅުގަނޑު މިދެންނެވި ގޮތައް އިރާދަކުރެއްވިއްޔާ ކަންކަން ކުރައްވާނެކަމަށް " 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ޑރ. މުއިއްޒުގެ މި ވީޑިއޯ ޚިޠާބުގައި ހޫލުމާލޭގެ ރައްޔިތުންގެ ކިބައިންވެސް އެދި ވަޑައިގެންނެވީ އެސަހަރުގެ  ތަރައްޤީ މި ސަރުކާރު އެދޭ ގޮތައް ކުރިއަސް ގެންދިއުމަށް ކެންޑިޑޭޓް ނަމްބރ 3 އާޒިމާ ޚިޔާރު ކުރެއްވުމަށެވެ.

"އަޅުގަނޑު މިހާރު ވާނީ އަޅުގަނޑު ވަޢުދުވީ ގޮތައް ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައި ، މިއީ އެއްވެސް އިރަކު އެއްވެސް ސަރުކާރަކުން ކުރިކަމެއްނޫން، މިއީ ވަރަށް ބޮޑުކަމެއް ހުޅުމާލެއަކީ މިހާރު ވަރަށް ބޮޑު ސަހަރެއް، އެތަށް ހާސް ރައްޔިތަކު ދިރިއުޅެމުން ދާތަނެއް، މި ބޮޑު ޒިންމާ އަދާކުރުމުގައި ، ސަރުކާރާއި އެކީގައި މަސައްކަތް ނުކުރާނެ މީހަކު މޭޔަރަކު ގޮތުގައި އަތުވެއްޖެ ނަމަ އެއީ ހުޅުމާލެގެ ރައްޔިތުންނަށް އެއްވެސް ގޮތަކަށް ރަނގަޅު ގޮތަކަށް ނުވާނެ " 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ޑރ، މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު ރައްޔިތުންނަށް ކޮށްދެން ބޭނުންވާ ކަންތައްތައް ފުރިހަމަ ގޮތުގައި ކޮށްދެއްވާނެ ބޭފުޅަކީ އާޒިމާ ކަމުގައެވެ.

"މާލޭގެ ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެނީ މާލޭގައި ކުރަން ޖެހިފައިމިވާ ބޮޑަތި މަސައްކަތްތައް ، މާލޭގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް، ހާއްޞަކޮށް މިހިރަ، މިހިރަ ހުރިހާކަމެއްގައި ، ރައްޔިތުންނަށް ފުރިހަމައަށް ކޮށްދިނުމުގައި އަޅުގަނޑަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ކެންޑިޑޭޓް ނަމްބަރ 3 އައިޝަތު އާޒިމާ ޝަކޫރު ޚިޔާރު ކުރެއްވުމަށް" 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ހުސްވެފައިވާ މާލޭ މޭޔަރ ކަމުގެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން މާދަމާ ބާއްވާ އިރު، އެ އިންތިޚާބުގައި ޖުމްލަ 5 ކެންޑިޑޭޓެއް ބައިވެރިވެއެވެ. 

އެއީ، ޢާޒިމާގެ އިތުރުން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމްއާއި، ޑިމޮކްރެޓްސް ގެ ޓިކެޓްގައި ވާދަކުރައްވާ މިހާރު މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ އިތުރުން އަމިއްލަގޮތުން ވާދަކުރާ ފުރަހަނު ޝުއައިބުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.