މާލޭ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަނީ-- ފޮޓޯ/ އެމްއެންޑީއެފް
ހަބަރު
12 Jan 2024 | 15:53
މާލޭގެ މަގުތަކުން ފެން ހިންދައި، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ފަށައިފި!

މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ފަށައިފިއެވެ. 

މިސަރަހައްދުން ދަތުރު ކުރަމުންދާ ކޮޅި ގަނޑެއްގެ ސަބަބުން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، މާލޭގެ ބައެއް މަގު ތަކުގައި ވަރަށް ބޮޑަށް ވަނީ ފެން ބޮޑުވެފައެވެ. އަދި އޭގެ ސަބަބުން ބައެއް ގެތަކަށްވެސް ފެން ވަންނަމުންދާ އިރު، މަގު ތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީ ފަށާފައެވެ. 

އެގޮތުން، އެސްޓީއޯ ފުށްގުދަން، އައިޖީއެމްއެޗް، ވެސްޓްޕާކު، އަދި ބޮޑުތަކުރުފާނުމަގުގައި ހުންނަ ބޮޑުވަޅު ކައިރީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެމްޑީއެފް އިން ކުރަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން ޢިމާދުއްދީން ސްކޫލާއި، ޓީވީއެމް އާއި، ސޯޝަލް ސެންޓަރު ކައިރީގައާއި އެ ސަރަހައްދުގައި ހުންނަ "ޖެލީ" ކައިރީގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ. 

އަދި ފެން ހިންދުމަށް ކުރަމުންދާ މަސައްކަތުން، އާޓިފިޝަލް ބީޗު ކައިރިން ޖެލީ ސަރަހައްދުންނާއި، ނަސަންދުރަ ސަރަހައްދުން ވަނީ ވަރަށް ބޮޑަށް ފެން ހިނދިފައިވާ ކަންވެސް އެ އިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ. 

އެ ސަރަހައްދު ތަކުގެ އިތުރުން، އެހެނިހެން ސަރަހައްދު ތަކާއި، ބައެއް ރަށްތަކުގައިވެސް ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން އަންނަނީ ކުރަމުންނެވެ. 

އަދި މީގެ އިތުރުން އެ އިދާރާއާއި، ފުލުހުން އަންނަނީ ބޯ ވާރޭގައި ނުކުމެ، ފެން ވަންނަ ތަން ތަނުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.