މީގެ ކުރިން ހުޅުމާލޭގެ ސަހަރާގައި ފެންބޮޑުވެފައި -- ފޮޓޯ/އަހުމަދު މުނައްވަރު
ހަބަރު
12 Jan 2024 | 16:06
ބޯކޮށް ވާރޭވެހި އަނެއްކާވެސް ހުޅުމާލޭ ސަހަރާގައި ފެން ބޮޑުވެއްޖެ؛ މީހުން ވަޅުލުން މާލެއަށް!

މިހާރު މާލެއަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލުން ވަގުތީގޮތުން މާލޭ ގަލޮޅު އާސަހަރާއަށް ބަދަލުކޮށްފިއެވެ.

ދާދިފަހުންވެސް މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި ހުޅުމާލޭ ސަހަރާގައި ފެން ބޮޑުވެ، ވަޅު ކޮނުމަށް ދަތިވެ، މީހުން ވަޅު ނުލެވިގެން، މީހުން ވަޅުލުމުގެ މަސައްކަތް މާލެއަށް ބަދަލު ކޮށްފައި ވެއެވެ.  

މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭ ފެންބޮޑުވެ، ހިނަވާގެ ހިމެނޭ ސަރަހައްދަށް ވެސް ފެނުގެ އަސަރުކުރާ ހާލަތްތައްވެސް އަންނަކަން ފާހަގަކުރައްވާފައެވެ.

އެހެން ކަމުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެން ހިންދޭނެ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ މަސައްކަތާއެކު ޖަނާޒާ ތަކަށް އަންނަ ރައްޔިތުންނަށް ފަސޭހަކޮށް ދިނުމާއި، ސަހަރާ މިސްކިތުގެ ފާޚާނާ ބޭނުންކުރާ ރައްޔިތުން އިތުރުވަމުން ދާތީ، އިތުރު 4 ފާނާޚާ (ފިރިހެނުންނަށް ޚާއްޞަ 2ފާޚާނާ، އަންހެނުންނަށް 2 ޚާއްޞަ ފާޚާނާ، އާ ވުޟޫ ކުރެވޭގޮތައް) ހެދިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ހިނަވާ ގެއަށް ވަންނައިރު އޮޅިގަނޑު ގައި ފައި އަޅައިގަނެ ތަފާތު އަނިޔާ ބައެއް ރައްޔިތުންނަށް ލިބެމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ، އެ އޮޅިގަނޑު ނަގައި މައްޔިތާގެ މޫނު ދެކެލުމަށް ވަންނަ ފަރާތްތަކަށް ލުއި ފަސޭހަ ގޮތަކަށް ބަދަލު ކުރެވިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

މާލޭ ސަރަހައްދަށް މިއަދު ކުރާ ވިއްސާރާގައި ހުޅުމާލޭ އާއި މާލޭގެ މަގުތަކުގައި ވެސް ވަނީ ފެން ބޮޑުވެފައެވެ. އަދި ފެން ހިންދުމުގެ މަސައްކަތް ސިފައިން އަންނަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.