ކޮލަމްބޯގައި އެއްޗެއް ގޮވައި 4 މީހަަކަށް އަނިޔާވެއްޖެ

09 Mar 2019 | 00:17

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގެ ކާރުބާރޫ ބޮޑު ސަރަހައްދެއްކަމުގައިވާ ކޮލްޕިޓީގައި ބާރުގަދަ ގޮވުމެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ކޮލްޕިޓީ ރައުންޑްއެބައުޓް ސަރަހައްދުގައި މިއަދު މެންދުރުފަހު 12:30 ހާއިރު ހިނގި މިހާދިސާގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި ޗައިނާއަށް ނިސްބަތްވާ ދެމަފިރިންވެސް ހިމެނެއެވެ. މީގެން އެއްފަރާތަކަށް ކޮލަމްބޯ ޖެނެރަލް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާގައި އެ ސަރަހައްދުގެ އެގާާރަ ފިހާރައަކަށް ގެއްލުން ލިބުނު އިރު، އޭގެން ތިން ފިހާރައަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި ގޮވުމަކީ ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ގޮވުމަކަަށްވުމަކީ އެކަށީގެންވާ ކަމެއްކަމަށް ލަންކާގެ ފުލުހުން ބުނެއެވެ. މި ހާދިސާ ކޮލްޕިޓީ ފުލުހުންނާއި ސްޕެޝަލް ޓާސްކްފޯސްގެ ބޮން ޑިސްޕޯސަލް ޔުނިޓްއިން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.

ކޮލްޕިޓީ ސަރަހައްދަކީ ދިވެހިން ވިޔަފާރިކުރުމަށް އާންމުގޮތެއްގައި ގޮސްއުޅޭ ސަރަހައްދެކެވެ.

Advertisement

ކޮމެންޓް