ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Jan 2024 | 19:03
ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި

މިހާރުގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ނުވަތަ 19 ވަނަ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރައީސް، އޮނަރަބަލް މުޙައްމަދު އަސްލަމް ނިންމަވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

އެގޮތުން މިއަހަރުގެ މި ޖަލްސާ ވެގެން ދާނީ ދިވެހި ޖުމުހުރިއްޔާގެ 8 ވަނަ ރައިސްގެ ގޮތުގައި މިދިޔަ ނޮވެމްބަރ މަހު ރައީސްކަމުގެ ހުވާކުރެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ޢިދާރާއިން މީޑިޔާތަކަށް ފޮނުވާފައިވާ ނޯޓްގައިވާ ގޮތުން އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ 9.00 އަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ ޝެޑިޔުލުކޮށް ޖަލްސާއަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ފަށާފައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށިގެން ދާއިރު މަޖިލިހުން ނިންމަން ޖެހޭ މުހިއްމު މަސައްކަތްތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ މި ސަރުކާރުގެ ވަޒީރުންގެ މަޖިލިހަށް ރުހުން ދިނުމުގެ މައްސަލައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ
06 Jul 2026
ނެގޮމްބޯ ޖަލުގައި 25 މަރު 100 އަށް އަނިޔާ
ސްރީލަންކާގެ ނެގޮމްބޯ ޖަލުގައި ޤައިދީންގެ ދެ ގްރޫޕެއްގެ ދެމެދުގައި އާދީއްތަ ދުވަހު ހިނގި ހަމަނުޖެހުންތަކެއްގައި 25 މީހުން މަރުވެ ގާތްގަނޑަކަށް 100 މީހުންނަށް އަނިޔާވެއްޖެއެވެ.
06 Jul 2026
މުރައިދޫން ދެ މީހަކު ހައްޔަރުކޮއްފި
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މުރައިދޫ ގެއަކުން 4.5 ގުރާމުގެ މަސްތުވާތަކެތި ހޯދައި ދެ މީހަކު 10 ދުވަހަށް ބަންދުކޮށްފައިވޭ.