މިއަދުގެ ބައްދަލުވުމަށް އިންޑިޔާ ވަފުދު ވަޑައިގަންނަވަނީ / ފޮޓޯ:ވޮއިސް
ހަބަރު
14 Jan 2024 | 20:36
އިންޑިޔާ ސިފައިން ގެންދިއުން އަވަސްކުރަން އެ ޤައުމުން އެއްބަސްވެއްޖެ

މި ސަރުކާރުން އެންމެ ބޮޑަށް ބޭނުންވެފައިވާ ގޮތަށް މި ޤައުމުގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އިންޑިޔާއިން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާން ނެރެފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް ދެ ޤައުމުގެ ދެމެދުގައި އުފައްދާފައިވާ "ހައި ލެވެލް ކޮމިޓީ" ގެ ބައްދަލުވުމެއް މިއަދު ބާއްވާފައި ވަނިކޮށެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްތީގެ ބަޔާނުގައި ވަނީ އެ މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ޤައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމުގައި ، އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ޤައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިއަދު ދެޤައުމުގެ ދެމެދުގައި ބޭއްވުނު ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި ގުޅުން އިތުރަށް ބަދަހި ކުރުމަށް ބޭނުންވާކަން، ދެ ގައުމުން ވެސް މިއަދުގެ ބައްދަލުވުމުގައި ހާމަކޮށްފައިވާ ކަމަށެވެ.

މިފަދަ ދެވަނަ ބައްދަލުވުމެއް ދެ ޤައުމަށް ފަސޭހަ ވަގުތެއްގައި ބޭއްވުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓރީގެ ބަޔާނުގައި ބުނެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ދިވެހިން ގާތުގައި ވި އެންމެ ބޮޑު ވަޢުދަކީ ވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމެވެ. ރައީސްޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެ މަނިކުފާނު ނިންމަވާފައިވާ އެންމެ މުހިއްމު ކަމަކީވެސް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެ އިން ބޭލުމެވެ.

ކޮމެންޓް
ބަޗީ
އަލްޙަމްދު ލިއްލާާހް! ދެ ގައުމަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ ގަދަކަން ދެއްކުމަކާއި ނުލައި ސުލްހަކޮށް ގޮތް ނިންމުންކަން ކަށަވަރު. ޢިލްމަށް ލިބުނު ނަސްރެއް.
15 Jan 2024
ވާނުވާ
ކޮންއެއްބަހެއް ވާކަށް ފޮނުވާލަން ބުނިބޔަކު އަވަހަށް ފޮނުވަ 2000 ވުރެ މަތިން އެބަތިއްބެންނު
15 Jan 2024
މުޖުތާޒު
ޝުކުރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު
15 Jan 2024
މުޖުތާޒު
ޝުކުރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. ޟުއިއްޒު
15 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.