މިނިސްޓަރ ސައީދު / ފޮޓޯ: ވޮއިސް
ހަބަރު
15 Jan 2024 | 19:31
ރައީސްގެ ތަސައްވުރަކީ ކާގޯ ޓާމިނަލް އަދިވެސް ބޮޑުކުރުން: މިނިސްޓަރ ސައީދު

އަދުގެ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ހުޅުވި ކާގޯ ޓާމިނަލް އަދިވެސް ބޮޑުކޮށް، ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ނުވަތަ އިމްޕޯޓާއި އެކްސްޕޯޓްގެ ފަރަގު ކުޑަކުރުންކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަންލް އެއާރޕޯރޓް ވީއައިއޭގެ އައު ކާގޯ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން އިންތިޤާލީ މަރުހަލާގައިވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި މިހާރު ކުރިއަށްދާ މުހިއްމު މަޝްރޫޢުތައް ވަރަށް ގާތުން ބެއްލެވިކަމަށެވެ.

އެގޮތުން އެއަރޕޯޓަށް ވަޑައިގެން 2 ގަޑިއިރުވަންދެން އެއަޕޯޓްގެ އިންސްޕެކްޝަންއެއް ހެއްދެވުމަށްފަހު، ވީ އެންމެ އަވަހަކަށް މަސައްކަތް ނިންމާ ޚިދުމަތަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވިކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވަރަކީ ޓާމިނަލްގެ ކެޕޭސިޓީ އަދިވެސް އިތުރުކޮށް، މިހާރުން މިހާރަށް މަސައްކަތް ފަށައި ކާގޯ ޓަމިނަލްއިން މުދާ ހޭންޑަލްކުރެވޭ އަދަދު 3 ލައްކަ ޓަނަށް އިތުރުކުރުން ކަމަށެވެ.

"މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން އުފެއްދުމާއެކު މިފަދަ ދައުވަތުތައް އައިސް، މިނިވަން ވިޔަފާރީގެ ބޮޑު ބާޒާރުގައި ބައިވެރިވެވި ކާގޯ ޓާމިނަލް 3 ލައްކަ މެޓްރިކް ޓަނަށް ބޮޑު ކުރެވުމަކީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓް، 3.48 ބިލިޔަން ރުފިޔާގެ އިމްޕޯޓް، 300 މިލިޔަން ރުފިޔާގެ އެކްސްޕޯޓް ގެޕްއަށް ހައްލެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަކަށް ނިންމެވޭނެ އެންމެ ވިޝަނަރީ ނިންމެވުން. އަދި ރާއީސްގެ ވިޝަން ކާމިޔާބުކުރުމަށްޓަކައި މުޅި ސަރުކާރު މަސައްކަތް ކުރައްވާނެ." 

މިއަދުގެ މިރަސްމިއްޔާތުގައި ރައީސަށް ވަރަށް ބޮޑަށް ތަޢުރީފް ކުރައްވަމުން ސަޢީދު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސައީދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުއާއެކު ރާއްޖޭގެ އިޤްތިޞާދު 6 ބިލިޔަން އެމެރިކާ ޑޮލަރުން 12 ބިލިޔަން އެމެރިކާ ޑޮލަރަށް މަތިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް ވާސިލްވެވޭނެކަމަށް ޔަގީންކުރައްވާކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލަކީ އަހަރެއްގެ މައްޗަށް 120،000 ޓަނުގެ މުދާ ހޭންޑަލް ކުރެވޭ ކެޕޭސިޓީގެ ޓަރމިނަލެކެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އައު ކާގޯ ޓަރމިނަލަކީ އެއަރޕޯޓްގައި މިހާތަނަށް ބޭނުންކުރަމުންދިޔަ 50000 ޓަނުގެ ކެޕޭސިޓީގެ ކާގޯ ޓާމިނަލާއި އަޅާބަލާއިރު 2 ގުނަ ބޮޑު ޓަރމިނަލަކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ