ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ރާއްޖެ ވަޑައިގެންނެވުމުގެ ތެރެއިން / ފޮޓޯ:މަޖިލިސް
ހަބަރު
17 Jan 2024 | 15:30
ޔުގަންޑާގެ ޤާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ރާއްޖެވަޑައިގެންފި

ރާއްޖޭގެ ރައްޔިތުން މަޖިލިހާއި ގާތްގުޅުމެއް  ބާއްވަމުން އަންނަ ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސް ތަޔެބްވާ ރާއްޖެ ވަޑައިގެންފިއެވެ.

ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސް ތަޔެބްވާ މިއަދު ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއާއި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުން މަޢުލޫމާތުދެއްވައެވެ.

ޔުގަންޑާ ގާނޫނުހަދާ މަޖިލީހުގެ ނައިބު ރައީސް، މިއަދު ރާއްޖެ ވަޑައިގެންފައިވާއިރު ރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމް ވަނީ ދާދި ފަހަކުން ޔުގަންޑާގެ ވެރިރަށް ކަމްޕާލާގައި ކުރިއަށްދިޔަ 27 ވަނަ ކޮންފަރެންސް އޮފް ސްޕީކާސް އެންޑް ޕްރިސައިޑިންގ އޮފިސާސް އޮފް ދަ ކޮމަންވެލްތް ގައި ބައިވެރިވެ ވަޑައިގެންފައެވެ

މަޖިލީހުގެ ރައީސް އަސްލަމް ޔުގެންޑާއަށް ވަޑައިގެން އެމަނިކުފާނު ވަނީ ޔުގަންޑާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އަނީތާ އަމޮންގް އާއި ވެސް ބައްދަލުކުރައްވައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އަމޮންގްގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މެނޭޖްކުރުމަށް ރާއްޖެއިން ގެންގުޅޭ އުސޫލުތައް ދަސްކުރަން މުހިންމުކަމުގައި ވިދާޅުވިއެވެ.

ރައްޔިތުން މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން އަސްލަމް ރާއްޖެއިން ބޭރަށް ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅުގެ ގޮތުގައި ވަޑައިގެންނެވި މި ކޮންފަރެންސްގައި ތިމާވެއްޓާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު މައުޟޫގައި އަސްލަމް ވަނީ އިންޓަވެންޝަންއެއް ދެއްވައިފައެވެ.

މިއަދު ރާއްޖެ މި ވަޑައިގެންނެވި ޔުގަންޑާގެ ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް، ތޯމަސްގެ ދަތުރުފުޅާއި ގުޅޭ އިތުރު އެއްވެސް  ތަފްސީލެއް އަދި މިހާނަށްރައްޔިތުންގެ މަޖިލިހުން ހިއްސާކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.