އެޗްޑީސީގެ އިމާރާތް-- ފޮޓޯ/ އެޗްޑީސީ
ހަބަރު
18 Jan 2024 | 11:02
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ފަށައިފި

ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން އެ ކޯޕަރޭޝަންގެ ގާނޫނީ ނަން "ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން"، އަލުން އެ ކޯޕަރޭޝަންގެ ރަސްމީ ނަމުގެ ގޮތުގައި ބޭނުންކުރުމަށް ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މިހާރު ބޭނުންކުރަމުން އަންނަ އަރބަންކޯގެ ނަމުގެ ބަދަލުގައި 'އެޗްޑީސީ' ބޭނުންކުރަން ނިންމާފައިވަނީ އެ ކޯޕަރޭޝަންގެ ނަމާގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ.

އަދި އެ ކޯޕަރޭޝަނުގެ ނަން އަރބަންކޯ އަށް ރީބްރޭންޑްކޮށްފައި ވިޔަސް، އެ ނަމަށް ގާނޫނީ ހައިސިއްޔަތު ލިބިފައެއް ނުވާ ކަމަށާ، ގާނޫނީ ހައިސިއްޔަތުން ތަފާތު ކަންކަމުގައި މިހާތަނަށްވެސް ބޭނުންކުރަމުން ދަނީ އެޗްޑީސީ ކަމަށެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އުފެއްދީ، ކުރީގެ ރައީސުލް ޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން 2001 ވަނަ އަހަރުއެވެ. މިއަދު އެ ކޯޕަރޭޝަނަކީ އާބަން ޑިވެލޮޕްމެންޓް ދާއިރާއިން ރާއްޖޭގެ އެންމެ ތަޖުރިބާހުރި ކޯޕަރޭޝަނެވެ.

އެ ކޯޕަރޭޝަންގެ ޕޯޓްފޯލިއޯގައި ހިމެނޭ ކާމިޔާބު ޕްރޮޖެކްޓްތަކުގެ ތެރޭގައި ހުޅުމާލެ، ކުޑަގިރި، އާބަން އައިލް ހިމެނެއެވެ. މީގެ އިތުރުން ތިލަފުށި، ރަސް މާލެ އަދި ހުޅުމާލެ ފޭސް 3 ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ހުއްޓުމެއްނެތި ކުރިއަށް އެބަދެއެވެ. 

އެޗްޑީސީން ބުނީ، އެ ކޯޕަރެޝަނުން އެންމެ އިސްކަންދޭ ކަމަކީ ތަރައްގީގެ މަސައްކަތްތަކަކީ އިގްތިސާދީގޮތުން ފައިދާހުރި އަދި ތަނުގައި ދިރިއުޅޭ ފަރާތްތަކުން ބަލައިގަންނަ ފަދަ ޕްރޮޖެކްޓްތަކަށް ހެދުން ކަމަށެވެ. އަދި އެކަން ހާސިލް ކުރުމަށް އެކޯޕަރޭޝަނުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ބޯހިޔާވަހިކަން ތަރައްގީކޮށް އެންމެނަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށާ އެ ކޯޕަރޭޝަންގެ އަމާޒަކީ ތަރައްގީކުރާ ސިޓީތަކުގައި އިޖްތިމާއީ ގޮތުންނާއި، އިގްތިސާދީ ގޮތުން، އަދި ތިމާވެށިގެ ދާއިރާއިން ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީން މިސައިލް ޓެސްޓު ކޮއްފި
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލް ޓެސްޓުކުރުމާ ގުޅިގެން ޖަޕާނާއި އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުން ކަންބޮޑުވުން ފާޅުކޮށް މި ޓެސްޓަކީ ސަރަޙައްދު ހަލަބޮލިކުރާ ކަމެއް ކަމަށް ބުނެފިއެވެ.
06 Jul 2026
ޓެކްސް ކޮމިޝަނަރުގެ މަގާމަށް ދެބޭފުޅެއްގެ ނަން ހުށަހަޅައިފި
އެ ގޮތުން ހުށަހެޅުއްވި ދެ ނަމަކީ ހއ. ތަކަންދޫ ސާދާގެ މުޙައްމަދު ހަލީމް ޢަބްދުالله އާއި ގދ. ގައްދޫ ކޯޒީރައުންޑް ފާތިމަތު އަމީޒާއެވެ.
06 Jul 2026
ދިރާގުޕޭއިން ބާލީ ދަތުރެއް
ދިރާގުޕޭ މެދުވެރިކޮށް ބިލް ދެއްކުމުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ބާލީއަށް ދެ މީހަކަށް ޓިކެޓާއި ހުރުމުގެ އިންތިޒާމާއެކު ޚާއްޞަ ޓުއާއެއް ލިބޭ ޕްރޮމޯޝަނެއް ދިރާގު ފިންޓެކުން ފަށައިފައިވެއެވެ.
06 Jul 2026
ރޮނާލްޑޯ ރިޓަޔާ ނިންމާނީ އަމިއްލައަށް
41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް ކަށަވަރުކޮށްދީ ރިޓަޔާ ކުރާނެ އިރު ކަނޑައަޅާނީ ހަމައެކަނި އޭނާ ކަމަށް ބުނެފައި. ސްޕެއިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ ފާޑުކިޔުންތަކާއި ނުލައި އަމާޒުތައް ހާސ
06 Jul 2026
އެއްގަމު ދަތުރުފަތުރުގެ ޚިދުމަތްތައް އޯގަސްޓުގެ ނިޔަލަށް ޑިޖިޓަލްކުރަނީ
ޚިދުމަތް އިތުރަށް ތަރައްގީކޮށް، ޒަމާނީ ފުލް ޑިޖިޓަލް ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާ ވަންގަވްއަށް ޚިދުމަތްތައް ބަދަލުކުރެވުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
06 Jul 2026
މާލޭގެ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރި ދެމީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް / ދިގުވާނޑު.ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު / ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
06 Jul 2026
ޓްރަމްޕްގެ ނުފޫޒުން ބަލޮގަންގެ ސަސްޕެންޝަން އުވާލައިފި
ރައީސް ޓްރަމްޕް ފީފާގެ ރައީސް އިންފަންޓީނޯއަށް ގޮވާލުމާ އެކު ފީފާއިން އެމެރިކާގެ ފޯވާޑް ބަލޮގަންގެ ސަސްޕެންޝަން އުވާލައި ވޯލްޑް ކަޕްގެ ގަދަ 16 ގައި ބެލްޖިއަމާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބިއްޖެއެވެ.
06 Jul 2026
ފުންފަޅުގޭ އަލިފާނުގައި 28 މީހަކަށް ފަރުވާ
ލޮނުޒިޔާރަތްމަގުގައި ހުންނަ ފުންފަޅުގޭގެ ފަސްވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި 28 މީހަކަށް ހޮސްޕިޓަލުން ފަރުވާދީ 58 އަށްވުރެ ގިނަ މީހުންނަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި