ޔޫތު މިނިސްޓްރީން ފަންނިއްޔާތުގެ ނަމުގައި ރޭ ބޭއްވި ޚާއްޞަ ބައްދަލުވުމުގައި މިނިސްޓަރ ވާހަކަ ދައްކަވަނީ. ފޮޓޯ/ ޔޫތު މިނިސްޓްރީ
ހަބަރު
18 Jan 2024 | 14:33
އުންމީދަކީ ރާއްޖެއަކީ ދުނިޔޭގެވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން: ޔޫތު މިނިސްޓަރު

އުންމީދަކީ ރާއްޖެއަކީ މިސަރަޙައްދުގައި އަދި ދުނިޔޭގައި ވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދު(އަސްވާޑް) ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ، ހަފްތާ 14ގެ މަގުޗާޓުގައި ޔޫތު މިނިސްޓްރީއަށް މަތިކޮށްފައިވާ ތިން ސިޔާސަތުގެ ތެރެއިން ދެ ސިޔާސަތު ފެއްޓުމުގެ ގޮތުން ”ފަންނިއްޔާތު“ގެ ނަމުގައި ރޭ ބޭއްވި ޚާއްޞަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ، މިމަސައްކަތަކީ ފަންނިއްޔާތުގެ ދާއިރާއިން ދިވެހި އަންހެނުން އަދި ކޯޑިންގ ގެ ދާއިރާއިން ދިވެހި ޒުވާނުން ކުރިއަށް ދިއުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރުމަށްޓަކައި ފުރަތަމަ އެކްޝަން ޕްލޭންގެ މަސައްކަތް ކަމަށެވެ.

މިއީ މި ސިލްސިލާގެ އެންމެ ފުރަތަމަ ބިންގާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އެއަށްފަހު މި މަސް ތެރޭގައި އަދި އަންނަ މަހުގައި ވެސް އިތުރު ހަރަކާތްތައް ކުރިއަށްގެންދަވާނެ ކަމަށެވެ.

”މިއީ ދިގު ދެމިގެންދާ 5 އަހަރުގެ ބޮޑު ޕްލޭނެއް، ފަންނިއްޔާތުގައި ދިވެހި އަންހެނުން އަދި ދިވެހި ޒުވާނުން ނެރުމުގައި މިކުރާ މަސައްކަތް ކާމިޔާބު ކުރުމަށްޓަކައި އަޅާ ފުރަތަމަ ބިންގާ މިއަޅަނީ“ 

ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ މި ޕްރޮގްރާމުގެ ދަށުން 5 އަހަރު ތެރޭގައި 500 ޒުވާނުން ތަމްރީނު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަސައްކަތުގައި އެންމެ ފުރަތަމަ ފަށަނީ ސެޓްފިކެޓް ލެވަލް 3 އަކުން ކަމަށާއި އެއަށްފަހު އެޑްވާންސް ސެޓްފިކެޓް އަދި ޑިޕްލޮމާގެ އިތުރުން ބެޗްލާސް ޑިގްރީސްއާ ހަމައަށް މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މި އެކްޝަން ޕްލޭންގެ ދަށުން ތަމްރީނުކުރެވިގެންދާ ޒުވާނުންނަކީ ވަޒީފާއެއްގެ ގޮތުގައި އޮފީހުގެ ޑެސްކު ކައިރީ މަސައްކަތްކުރަން ތިބެންނުޖެހި ގޭގައި ވެސް މަސައްކަތް ހޯދޭނެ ޒުވާނުންނަށް ވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުގެ އުންމީދަކީ ރާއްޖެ މިސަރަޙައްދުގައި ވެސް އަދި ދުނިޔޭގައި ވެސް އައިޓީ ބޮޑު ހަބަކަށް ވެގެންދިޔުން“

 ޔޫތު މިނިސްޓަރު ވިދާޅުވިއެވެ.

ސޯޝަލް ސެންޓަރުގައި މިރޭ އޮތް މި ބައްދަލުވުމުގައި ސަރުކާރުގެ އޮފީސްތަކުންނާއި ފަންނިއްޔާތުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންގެ އިތުރުން އަމިއްލަ އުފެއްދުންތެރިން އަދި އެންޖީއޯ ތަކުން ވަނީ ބައިވެރިވެފައެވެ.

ކޯޑިންގެ ދާއިރާއިން ދުނިޔޭގެ ބާޒާރުގައި ދިވެހި ޒުވާނުން ކުރިއަށް ދިޔުމަށް ބޭނުންވާ ހުނަރު ތަރައްޤީކޮށްދީ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ޚާއްސަ ޕްލޭނެއް އެކުލަވާލުމާއި ފަންނިއްޔާތުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމީ ހަރަކާތެއް ހިންގަން ފެށުމަކީ ޔޫތު ނިސްޓްރީގެ މައްޗަށް މަތިކޮށްފައިވާ ދެ ސިޔާސަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.