ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ--
ހަބަރު
18 Jan 2024 | 18:27
އިންޑިއާއަށް އިޙްތިރާމު ކުރަންޖެހޭ، ގަދަ ދައްކައިގެން ލިބޭނީ ގެއްލުން: ނަޝީދު

އިންޑިއާއަކީ ދިވެހިރާއްޖެއާއި ވަރަށް އަވަށްޓެރި ޤައުމެއްކަމަށާއި، ދިވެހިރާއްޖެއިން އަބަދު ވެސް އިންޑިޔާއަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށާއި އޭގެ ބަދަލުގައި ގަދަ ދައްކައިގެން އުޅެން ވެއްޖެ ނަމަ އެކަމުގެ ނަތީޖާ ހިތިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ  އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުގެ ތެރެއިން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާއި ގުޅޭ ވީޑިއޯއަކާއި އެކު، ރާއްޖެ އާއި އިންޑިޔާ އާއި ދެމެދު ސޯޝަލް މީޑިއާގައި ބޮޑު ޒުވާބެއް އުފެދި، ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން ހީނަރުވެފައި މިވާ ދަނޑިވަޅުގައި މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

"އިންޑިއާއަކީ އަހަރެމެންގެ އަވަށްޓެރިއެއް އަދި ރަހުމަތްތެރިއެއް. އަބަދުވެސް އިންޑިއާއަށް އިހުތިރާމު ކުރަން ވާނެ،" ރައީސް ނަޝީދު ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މި ވަގުތު ރާއްޖޭގެ ސިޔާސީ ކަންކަމުން އަމިއްލަފުޅަށް ދުރަށްޖެހި ވަޑައިގެން ހުންނެވި ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ދިވެހިންގެ އަމިއްލަ ވެރިކަމެއް ހޯދާފައިވަނީ ހަރުދަނާ އަދި ރޭވުންތެރި ބަޔަކަށް ވާތީ ކަމަށާއި އެއީ ގަދަބާރުން ހޯދި އެއްޗެއް ނޫން ކަމަށެވެ.

އަބަދުވެސް އިނޑިޔާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު މި ފަދައިން ވިދާޅުވެފައިވާ އިރު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން މާޗު މަހުގެ 15ގެ ކުރިން އަނބުރާ ގެންދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު ވަނީ ރަސްމީކޮށް އިންޑީޔާގެ ސަރުކާރުގައި އެދިވަޑައިގެންފައެވެ. އަދި މިހާރު އެކަމުގެ މަޝްވަރާތައް ދެ ޤައުމުގެ މަތީފަންތީގެ ބޭފުޅުންގެ ދެމެދުގައި ދަނީ ކުރެވެމުންނެވެ.  

ކޮމެންޓް
ޢަލިއ
އިންޑިޔާ ނުޖެހޭތަ އެހެން ގައުމުތަކަށް އިހުތިރާމް ކުރަން. މިހުރިހައި ކަމަކީ ތިމީހާ ކުރިކަމެއް ޒިންމާވޭ
18 Jan 2024
ސުލްތާނާ
އިންޑިޔއާ ދިވެހިރާއްޖޭގެ ގުޅުން ހަލާކުކުރީ ނަޝީދު...ލަދުކުޑަކަމުން އަދިވެސް އަނގަހާވައެއްނު
19 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.