ވަޒީރުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
22 Jan 2024 | 10:56
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ސާވޭއެއް ކުރަނީ!

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ސާވޭ ކުރުމަށް އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހަށް ކަރުދާސް ހުށަހެޅުއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ނެވެ. 

އެ ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ޤައުމީ ފެންވަރުގައި ސާވޭއެއް ކުރިއަށްގެންދިއުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސްއާއި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓުން އެއްބަސްވުމެއް އެކުލަވައިލެއްވުމަށް ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ސަރވޭ ޕްލޭންކުރުމުގައި ކަމާގުޅުންހުރި އިދާރާތައް ޝާމިލުވާ ޓެކްނިކަލް ޓީމެއް އެކުލަވައިލުމަށާއި އާބާދީ 1000 އަށްވުރެ މަދު ރަށްތަކުގައި ސަރވޭ ކުރިއަށްގެންދާނީ ރަށު ކައުންސިލުންކަމުގައި ވެސް ކަނޑައެޅުއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. 

ހަމަ އެގޮތަށް އާބާދީ 1000 އަށްވުރެ މަތިނަމަ، ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު ސަރވޭ ކުރިއަށްގެންދާނެ އުސޫލެއް ކަނޑައެޅުމަށާއި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ނުވަދެވި، ހަވާސާވެފައި ތިބި ދޮށީ އުމުރުގެ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ފާހަގަކޮށް، އެމީހުންނަށް ފުރަތަމަ މަރުޙަލާގައި ދޭންޖެހޭ އެހީތެރިކަމަކީ ކޮބައިކަން ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ފޯރުކޮށްދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވިކަން ނާޒިމް ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން މިކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް މުހިންމު އިތުރު ނިންމެވުންތަކެއް ނިންމެވިކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް
ހުސައިން ރަޝީދު ލ. މމނދ
އަޅުގަނޑަކީ ނުކުޅަދުންތެރިކަންހުންނަފަރާތަ ކީމެވެ .އަދި . މިއައްވުރެ ބޮޑު ނުކުޅެދޭ. މީހަކީ މެވެ ވައްލޯހުޢަޢުލަމް މިއީވަރައްވާހަކައެ ވެ. އަޅުގަނޑުމެންގެ އަޑުއިވޭނެ ނަމަ އެވެ.
22 Jan 2024
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.