އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ރަޝާދު--
ހަބަރު
22 Jan 2024 | 15:51
ސަރުކާރު ޖަވާބުދާރީކުރެވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަަަސައްކަތް ކުރެވިގެން: އަމްރު

‏ހަޤީޤީ މާނައިގައި ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުވޭނީ ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުގައި މަަަސައްކަތް ކުރެވިގެން ކަމަށް، އެމްޑީޕީން ވަކިވެ، ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ، އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

ޢަމްރު މިފަދައިން ވިދާޅުވީ، އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. 

އެމްޑީޕީއާ އެކު އަލުން މަސައްކަތް ކުރެއްވުމުގެ ޚިޔާލު އަމްރު ފާޅުކުރައްވާފައިވާއިރު، އޭނާ އާއި، އެމްޑީޕީން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވި ބޭފުޅުން އުފެއްދެވި ފިކުރެއްގެ ދިރުން ގޮފީގެ ބޭފުޅުން، އެމްޑީޕީން ވަކިވީ، އެ ޕާޓީގެ ސިޔާސަތުތައް ކަމު ނުގޮސްގެންނެވެ. 

އެގޮތުން، އެމްޑީޕީގެ ރައީސް މުހައްމަދު ޞާލިހުގެ ސަރުކާރުން، ކޮރަޕްޝަނަށް މަގުފަހިވާފަދަ ގޮތަށް ކަންކަން ހިންގި ކަމަށާ، ޕާޓީ ކޮރަޕްޝަންގެ ހާއްޔަކަށްވެ، އިންސާފް ލިބެންޖެހޭ މީހުންނަށް އިންސާފް ނުލިބި، ދައުލަތުން ވައްކަންކޮށް، ދައުލަތް ދަރުވާލާފައިވާ ކަމަށް ބުނެ، ސޯލިހުގެ ސަރުކާރަށް ޑިމޮކްރެޓްސް ގެ މެންބަރުން ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ ވެއެވެ. 

އެއަށްފަހު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ތެރެއިން، އެމްޑީޕީއާއި ގުޅުމާމެދު ވެސް މަޝްވަރާކުރެވުނު ނަމަވެސް އެއްވެސް ކޮޅަކަށް ނުޖެހެން ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު، އެ ޕާޓީގެ އެތެރޭގެ އިންތިޚާބަށްފަހު މިހާރު ޕާޓީގެ އެތެރޭގައިވެސް ހަމަނުޖެހުން ވަނީ އުފެދިފައެވެ. 

އަދި މިފަހަކަށް އައިސް، އަމްރު ފެންނަނީ އެމްޑީޕީއާއި އެއްކޮޅަށް މީސްމީޑިއާގައި ސުޢޫރު ފާޅުކުރައްވަމުންނެވެ. 

ކޮމެންޓް
ސެންހު
ޑިމޮކުރެޓުސް އެންމެ ރަނގަޅުވާނީ ޕީޕީއެމް ޕީއެންސީ އާއި އެކުގަ މަސައްކަތް ކުރީމަ ތީ އަމިއްލަ ފައިދާއައް އުޅޭ ބައިގަނޑެއް އެކަން މިއަންނަ މަޖިލިސް އިންތިހާބުގަ ރާއްޖޭގެ އެންމެން ދައްކަދޭނެ
22 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.