ކަނޑު އަޑީގައި އަޅާފައިވާ ޓަނެލް އެއް-- ފޮޓޯ/ ސީއެންއެމް
ހަބަރު
22 Jan 2024 | 22:22
ރާއްޖޭގައި އެޅޭ ފުރަތަަމަ އަންޑަރ ވޯޓާ ޓަނެލް މާލެ އާއި ރަސްމާލެ އާ ދެމެދު އަޅައި ދެ ސިޓީ ގުޅުވާލަނީ!

ދިވެހިރާއްޖޭގައި އެޅޭ ފުރަތަމަ އަންޑަރވޯޓަރ ޓަނެލް މާލެއާއި ދެމެދު އަޅައި، އެ ދެ ސިޓީ ޓަނެލް އަކުން ގުޅުވާލައްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާން ކުރެއްވީ ހުސްވެފައިވާ މާލޭ މޭޔަރ ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައިވާ އާދަމް ޢާޒިމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، މިފަސް އަހަރު ނިމޭއިރު، ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެއްސެއް ނުތިބުން ކަމަށްވާއިރު، މާލެ އާއި މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް އަދިވެސް އިތުރަށް ބިން ހިއްކަން ޖެހޭ ކަމަށެވެ.

އެގޮތުން، ރަސްމާލޭގެ މަޝްރޫޢު ފެއްޓެވީވެސް އެސަބަބަށްޓަކައި ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ، މާލެ-ރަސްމާލެ އަންޑަރ ވޯޓާ ޓަނެލް އަކުން ގުޅުވާލައްވާނެ ކަންވެސް އިއުލާން ކުރައްވާފައެވެ. 

މިރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ވޮއިސް

އަދި (މާލެއާއި) ރަސްމާލެ ގުޅުވާލުމަށްޓަކައި އަޅުގަނޑުމެން މިހާރު ފަންނީ، އިނޮވޭޓިވް ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވާނީ ފަށާފައި. ވަރަށް ގާބިލް ކުންފުނިތަކާއި އަޅުގަނޑުމެން ވާނީ މަޝްވަރާތައް ފަށާފައި. މުޅި ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް ގާއިމް ކުރެވޭ، އަންޑަރ ވޯޓާ ޓަނެލް، އިރާދަކުރެއްވިޔާ މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިޔާ ގުޅުވާލުމުގެ މަސައްކަތް، އެ ޓަނެލް ވެގެން ދާނީ، އެ ޓަނެލްގައި ދުއްވަ ޓްރެއިން ގައި ދާއިރުގައި، ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނެލް އަކަށް. އެ މަސައްކަތް ކުރުމަށްޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލްކަންހުރި ކުންފުނިތަކާއި އެކީގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލޭގެ އެ މުޅި މަޝްރޫޢު ވެގެން ދާނީ، މުޅި ރާއްޖޭގައި ފަތުރުވެރިކަން އެތައް ގުނައެއް ކުރިއަރައިގެންދާނެ މަޝްރޫއު އަކަށް ކަމަށެވެ.  

އަދި މާލެ ސަރަހައްދުގައި މީހުން އުޅޭނީ، "ލިންކް އެޅިފައިވާ، ގުޅިފައިވާ ތަންތަނުގައި" ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް، ބްރިޖުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރަސްމާލެ އާއި މާލެ އަންޑަރ ވޯޓާ ޓަނެލް އަކުން ގުޅުވާލައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވާއިރު، ރަސްމާލެ އާއި މާލެ ބްރިޖްއަކުން ގުޅާ ނުލެވޭއިރު އެތަނުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ސަރުކާރުން ފެށުމުން އިދިކޮޅު އެމްޑީޕީން ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

އެގޮތުން، މިރޭގެ ޖަލްސާގައިވެސް އައު މޭޔަރ އާދަމް އާޒިމް ވަނީ މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ، ބްރިޖަކުން ގުޅުވާލެވޭނެ ސަރަހައްދުތަކުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ލިބެން ކަމަށް ވިދާޅުވެ، ނުސީދާ ގޮތުން އެ މަޝްރޫއު އަށް ފާޑުވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ