މިރޭގެ ދަރުބާރުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ހަބަރު
22 Jan 2024 | 22:34
އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި އަޅުގަނޑުމެން ހަވާލު ކުރާނަން: ރައީސް މުޢިއްޒު

މާލޭގައި ހުރި އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެއަތޮޅަކަށް ދޭނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ މޭޔަރު ކަމަށް ހޮވިފައިވާ އާދަމް އާޒިމާއި އިތުރު 3 ކައުންސިލަރުން ހުވާކުރެއްވުމަށް މިރޭ ދަރުބާރުގޭގައި ބެއްވުނު ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދާނީ ކައުންސިލްތައް ބާރުވެރިކުރުމަށާއި ކައުންސިލްތަކަށް އާމުދަނީ ލިބޭނެ މަގުތައް ތަނަވަސް ކޮށްދެއްވުމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން ލާމަރުކަޒީ ނިޒާމް ތަންފީޒުކުރެއްވި ވާހަކަ ދައްކާއިރު މާލޭގައި އަތޮޅު ފިހާރައެއް ހުންނަ ކަމަށާއި، ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އަތޮޅުތަކާއި ހަވާލުކޮށްފައި ނުވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން ނިންމާފައި ވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި އެ އަތޮޅު ފިހާރަތަކުން ލިބޭ ފައިސާ އެ އަތޮޅުތަކާއި އަޅުގަނޑުމެން ހަވާލު ކުރާނަން.". 

މިރޭގެ ދަރުބާރުގައި ރައީސް ވިދާޅުވިއެވެ.

މިރޭގެ ދަރުބާރުގައި ރައީސް ވިދާޅުވީ ކައުންސިލަރުން ވާންޖެހޭނީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާ ބަޔަކަށް ކަމަށާއި ، ހުރިހާ ކައުންސިލަރުންވެސް ގިނަގިނައިން ރައްޔިތުންނާއި ބައްދަލު ކުރައްވަން ޖެހޭނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ މާލޭގެ ރައްޔިތުންނަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަން ހުރި ގިނަ ކަންތައްތަކެއް ހާމަކޮށްދެއްވާފައެވެ. އޭގެތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ މާލެ އާއި ރަސްމާލެ ކަނޑު އަޑީގެ ރޭލު ޓަނަލަކުން ގުޅާލަން ސަރުކާރުން ނިންމާފައިވާ ނިންމެވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.