ފޮރިން މިނިސްޓަރު މޫސާ ޒަމީރު ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ ބައްދަލު ކުރެއްވުން-- ފޮޓޯ/ މިނިސްޓްރީ
ހަބަރު
24 Jan 2024 | 09:54
ޔޫރަޕުން މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރަން މަޝްވަރާކޮށްފި

ރާއްޖެއިން އުފައްދާ މަހުގެ ބާވަތްތަކަށް ޔޫރަޕުން ނަގާ ޑިއުޓީ ކުޑަކުރުމާ ގުޅޭގޮތުން، މަޝްވަރާ ކޮށްފިއެވެ. 

މި މަޝްވަރާ ކުރެވިފައިވަނީ ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފްރާންސްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީން ފްރާންސޯ ޕެކްޓެޓްއާ ދެމެދެ އިއްޔެ ބޭއްވުނު މަޝްވަރާ ބައްދަލުވުމުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުވުމުގެ ތަފްސީލް ހިއްސާ ކުރަމުން ފޮރިން މިނިސްޓްރީން ބުނީ، ދިވެހިރާއްޖެއާއި ފްރާންސްއާއި ދެމެދު އޮންނަ ގާތް ގުޅުން ފާހަގަ ކުރައްވައި ގުޅުން އިތުރަށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ. 

މީގެ އިތުރުން އިގްތިސާދީ ތަރައްގީއާއި، މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ އެއްބާރުލުމާއި، ދެ ގައުމުގެ ގުޅުން އިތުރުކުރުމާއި، ޔޫރަޕަށް ދަތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމާ ބެހޭ ގޮތުންނާއި، ދިވެހިރާއްޖޭން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުންނަގާ ޑިޔުޓީ ކުޑަ ކުރުމަށް ވެސް މަޝްވަރާ ކުރެވުނުކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ހަމައެހެންމެ ދެ ގައުމުގެ މަސްލަހަތު އޮތް ދާއިރާތަކުން ފްރާންސާ ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު, ދެގައުމުގެ އެއްބާރުލުން އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންވާ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޔޫރަޕުން ރާއްޖޭގެ މަހުގެ ބާވަތްތަކަށް ނަގާ ޑިއުޓީ ކުޑަކުރުމަށް ނުވަތަ އެއްކޮށް ކަނޑާލުމަށް އެދި ކުރީގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނެތެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.