ހަމާސްއިން ވަނި އެއްދުވަސްތެރޭ ޔަހޫދީންގެ 24 މީހުން މަރާލައިފަ
ދުނިޔެ
24 Jan 2024 | 14:38
24 ގަޑިއިރުތެރޭ 24 ޔަހޫދީ ސިފައިން މަރައިލުމުން ޔަހޫދީންނަށް ބޮޑު ސިހުމެއް

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސްގެ މުޖާހިދުން 24 ގަޑިއިރުތެރޭ ޔަހޫދީންގެ 24 ސިފައިން މަރާލުމުން ޔަހޫދީންނަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި އިޒުރާއިލުގެ ސިފައިން ހަމަލާތައް ބަދަލުކުރަމުން ދަނީ ހަމާސްގެ އެންމެ ބާރުގަދަ ސަރަހައްދުކަމަށްވާ ޣައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަޙައްދުތަކުގައެވެ. އެ ސަރަހައްދުގައި ބަދަލުކުރެވޭ ހަމަލާތަކުގައި ޔަހޫދީ ފައުޖަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ވީޑިއޯތަކެއް ޙަމާސްއިން ވަނީ އެކި ފަހަރު މަތިން ޢާންމުކޮށްފައެވެ. އެ ގޮތުން އެ ޖަމާޢަތުގެ މުޖާހިދުން ދަނީ އެ ސަރަޙައްދުގެ ކޮންމެ ޢިމާރާތެއް އަދި ކޮންމެ މަގެއް ހުޝިޔާރުކަމާއި އެކު ދިފާޢުކުރަމުންނެވެ. އެ ގޮތުން ބަދަލުކުރަމުންދާ ޙަމަލާތަކުގައި ޔަހޫދީންގެ 24 މީހުން މަރައިލާފައި ވަނީ އެ މީހުން ތިބި ޢިމާރާތެއް ގޮއްވާލައިގެންނެވެ.

ޔަހޫދީ ޒަޔަނިސްޓު އިޒުރާއިލުގެ ސިފައިންނަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ އެ ޤައުމުން ނުދެއްކި ނަމަވެސް 24 ގަޑިއރުތެރޭ 24 ސިފައިން މަރުވި ޙަބަރުތައްވަނީ ޔަހޫދީ ނޫސްތަކުން ވެސް ތަފުޞީލުކޮށް ގެނެސްދީފައެވެ.

ފަލަސްތީނުގެ ކުށެއްނެތް މުސްލިމް އަޙުންނާއި އުޙުތުންނާއި ދެކޮޅަށް އިޒުރާއިލްގެ ޒަޔަނިސްޓު ސިފައިން ދެމުން ގެންދާ ރަޙްމެއްނެތް ލާއިންސާނީ ހަމަލާތަކުގައި، ނިކަމެތި މުސްލިމުންގެ 25000 އަށް ވުރެ ގިނަ ނިކަމެތިން ވަނީ ޝަހީދުވެގެން ގޮސްފައެވެ. އެކަމާއި މާބޮޑަށް ކަންތައް ބޮޑުވެ ނުރުހުން ފާޅުކުރާނެ ބައެއް ނެތް ނަމަވެސް ޒަޔަނިސްޓް ޓެރަރިސްޓުންގެ 24 ސިފައިން 24 ގަޑިއިރުތެރޭ މަރުވުމުން ދުނިޔޭގެ ޔަހޫދީ ބޮޑަތި ޤައުމތަކުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

”އިއްޔެ އަކީ އިސްރާއީލުގެ އަސްކަރިއްޔާ އަށް ހިތާމަވެރި ދުވަހެއް. އެއް ދުވަސް ތެރޭގައި ގެއްލެން އެއީ ވަރަށް ގިނަ އަދަދެއްގެ ސިފައިން. އަދި އެމީހުންގެ އާއިލާ ތަކަށާއި ޓީމް މެމްބަރުންނަށް އަހަރެމެންގެ ތައުޒިޔާ ރައްދު ކުރަން.” އެމެރިކާގެ ވައިޓްހައުސްގެ ތަރުޖަމާނު ޖޯން ކާބީ ވައިޓްހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެއެވެ

ކޮމެންޓް
ކޮރަކަލި
އަވަސްމުއްދަތެއްގެ ތެރޭގައި ހުރިހާޒައި ނިސްޓުން ހަލާކުވެ ނެތިކުރައްވާފާދޭވެ أمين يارب العالمين
24 Jan 2024
ގުޅޭ ލިޔުންތައް
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ