ޑިމޮކްރެޓްސް އާއި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް
ހަބަރު
24 Jan 2024 | 18:23
ސިޔާސީ މަގާމުތަކުގެ އަދަދު ވަކި މިންވަރަކަށް ހިފަހެއްޓުމަށް ގާނުނަށް އިސްލާހު ހުށަހަނީ

ސިޔާސީ މަގާމްތައް ވަކި މިންވަރަކަށް ހިފެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނުތައް އިސްލާހު ކުރުމަށް ޑިމޮކްރެޓްސް އާއި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އެއްބަސްވެއްޖެއެވެ. 

މިހަފްތާ ތެރޭގައި އެމްޑީޕީއާއި ޑިމޮކްރެޓްސްގެ އިސް ބައެއް ފަރާތްތަކުން އެކުގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި އެ ދެޕާޓީން އެއްބަސްވި ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ދެ ޕާޓީ އެކުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

"މި ސަރުކާރު ހަންމަތަ ކުރުމާއި، ޖަވާބުދާރީ ކުރުވުމާއި، މިގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލު ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސްގެ ތެރެއިން ގެނައުމަށް، މަޖިލިސްގެ ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް (ނިންމީ)." ފައްޔާޒު ވިދާޅުވި އެވެ. 

އެކަމުގެ ތަފްސީލް ދެއްވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސް ގެ ރައީސް ހަސަން ލަތީފް ވިދާޅުވީ، ގާނޫނު އަސާސީއަށް މުހިންމު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް، އެ ދެޕާޓީއަށްވެސް ފެންނަ ކަމަށެވެ.

އެގޮތުން، އެއްވެސް ހިފެހެއްޓުމެއްނެތި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ މައްސަލަ ހައްލުކޮށް، ސިޔާސީ މަގާމްތަކުގެ އަދަދު ވަކި މިންވަރަކަށް ހިފެހެއްޓުމަށް ގާނޫނު އަސާސީ އާއި ގާނޫނަށް ބަދަލު ގެނައުމަށް ދެޕާޓީންވެސް އެއްބަސްވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ. 

އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ، ސިޔާސީ މަގާމްތަކަށް ރައީސުލްޖުމުހޫރިއްޔާ އައްޔަނުކުރައްވާ ބޭފުޅުންގެ އަދަަދު އިންތިހާއަށް ގިނަ ވެގެން އެބަދޭ. ޚާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުންނާއި، އަދި އެ ފެންވަރުގެ ބޭފުޅުންގެ ނަމުގައި އިތުރު ކުރައްވަމުން އެ ގެންދަވާ އަދަަދު ތަކަކީ ރާއްޖޭގެ އިގްތިސާދަށް ބަލާއިރު އެއީކީ، ވަރަށް ބޮޑު މައްސަލައެއް. އެހެންވީމާ އެއީވެސް އަޅުގަނޑުމެން ގާނޫނު އަސާސީއަށް ގެންނަ ބަދަލަކާއި، އަދި ގާނޫނަތަކަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމަށް ވަންޏާ، އެ ބަދަލެއް ގެނެސްގެންވެސް، އެއީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދަކަށް ކަނޑަޅަން އަޅުގަނޑުމެން ދެޕާޓީއަށްވެސް އެއްބަސްވެވޭތީ، އެ ބަދަލު އަޅުގަނޑުމެން، ގާނޫނު އަސާސީއަށްވެސް، އަދި ގާނޫނަކަށް ގެންނަންޖެހޭ ބަދަލެއް އޮތް ކަމަށް ވަންޏާ، ގާނޫނަށްވެސް އަޅުގަނޑުމެން އެ ބަދަލެއް ގެންނަން

ހަސަން ލަތީފް

ސިޔާސީ މަގާމްތައް ވަކި މިންވަރަކަށް ކަނޑައަޅަން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އިން އެއްބަސްވެފައި ވާއިރު, ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގެ މިސަރުކާރުން ސިޔާސީ މަގާމްތައް 700 އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުށަހެޅި އެންމެ ފަހުގެ ބަޖެޓުގައިވާ ގޮތުން، އެ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ތިބީ 808 ސިޔާސީ މުވައްޒަފުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.