އެމްޑީޕީ އާއި ޑިމޮްކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
24 Jan 2024 | 21:36
މަޖިލީހުގެ މެމްބަރުންގެ އަދަދު ލިމިޓުކުރަން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ހުށައަޅަނީ

ދާއިރާތަކުގެ އާބާދީގެ ނިސްބަތަށް ބަލައި، މަޖިލީހުގެ މެމްބަރުންގެ އަދަދަށް ކޮންމެ ދައުރެއްގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާތީ، ވަކި ހައްދެއް ގެނައުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސް ގުޅިގެން ޤާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅާނެކަން ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައި ވަނީ އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން އިޢުލާން ކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފެވެ.  

ޗަމްޕާ ސެންޓްރަލްގައި އޮތް ބަދަލުވުމުގައި މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި، ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމެވެ.

"ރައްޔިތުންގެ މިޖިލހުގެ މެމްބަރުންގެ އަދަދު ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް ކަނޑައަޅަމުން ގެންދިޔާމާ އެ އަދަދު އަޅުގަނޑުމެންގެ އެއްވެސް މީހަކު ބޭނުން ނުވާ ދަރަޖައަކަށް އިތުރުވަމުން، އިތުރުވަމުން، އިތުރުވަމުންދާ އުސޫލެއް މިހާރު އެއޮތީ ޤާނޫނު އަސާސީގައި ކަނޑައެޅިފައި،  އެހެންވީމާ އެ އަދަދަކީ ތަޅުލެވިފައި އޮންނާނެ އަދަދެއްގެ ގޮތުގައި ޤާނޫނުއަސާސީން ކަނޑައެޅުމަކީ މިވަގުތު މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެޕާޓީންވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައިވާނޭ ކަމެއް" މެމްބަރުންގެ އަދަދު ލިމިޓް ކުރުމާއި ގުޅޭގޮތުން ހަސަން ލަޠީފު ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ދެޕާރޓީން މިކަން އިއުލާނު ކޮށްފައިވާއިރު މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިހަށް ވެސް ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވަނީ މަޖިލިސް މެމްބަރުންގެ އަދަދު  76 ގައި ހިފެހެއްޓުމަށް ޤާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ހުށައަޅުއްވާފައެވެ. ނަމަވެސް އޭރު މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ވަނީ  އިލްޔާސް ލަބީބުބުގެ އިސްލާޙު ބޭރުކޮށްލައިފައެވެ.

އެކަމާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި ޗެއާރޕާޝަން ފައްޔާޒާއި ސުވާލުކުރުމުން ވިދާޅުވީ އޭރު ހުށައެޅިފަ އޮތީ އެމްޑީޕީ އާއި މަޝްވަރާ ކުރެވިގެން ނޫން ކަމަށާއި، އަދި އޭރު ދެ ޕާރޓީގެ ދޭތެރޭގައި ވަރަށް ބޮޑު ޚިޔާލުތަފާތުވުންތަކެއް އޮތް ކަމަށާއި އޭރުގެ އެ ނިންމުމަކީ ސިޔާސީ ނިންމުމެއް ކަމަށެވެ.

ކޮމެންޓް
ާއަލިފާނކަނި
ކުރިން ޑިމޮކްރެޓިކުން އެކަން ކަމުނުދިޔަ ބަޔަކައް ކުއްލިއަކަށް އެކަން މިކަމުދާކަމަކަށް މިވީ ކިހިނެއްވެގެންބާވައޭ ހިތައްއަރާ. ސާބަސް އެމްޑީޕީ ކުދިންނަށް.
24 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.