އެޗްޑީސީ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު
ހަބަރު
25 Jan 2024 | 15:17
މުސާރައާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ފަޒުލް ދޮގު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ތެރެއިން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގަންނަވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ކަމަށް ބުނެ ފެތުރި ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ފަޒުލް އެވާހަކަތައް ދޮގުކުރައްވާފައި ވަނީ އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަޒުލް ވިދާޅުވީ، މުސާރައާއި ބެހޭ ގޮތުން ފަތުރަމުން އަންނަނީ ހަގީގަތާއި ހިލާފު ވާހަކައެއް ކަމަށާއި، އަދި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމުގެ ބަދަލުގައި ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މައުލޫމާތު ސާފުކުރުން ރަނގަޅު ކަމަށެވެ.

"އަޅުގަނޑުގެ މުސާރައާއި ބެހޭގޮތުން ޙަޤީގަތާއި ޚިލާފު ވާހަކަ ފެތުރުމުގެ ބަދަލުގައި ، މަޢުލޫމާތު ޕީސީބީ އިން ސާފުކޮށްލައްވާ ނަމަ ރަނގަޅުވީސް" ފަޒުލްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ފަޒުލް މިފަދައިން ވިދާޅުވެ އެކްސް ޕޯސްޓެއް ކުރައްވާފައި މިވަނީ މިސަރުކާރުން ފަޒުލްއަށް ދޭ މުސާރައަކީ ރައީސުލް ޖުމުހުރިއްޔާއަށް ދޭ މުސާރައަށް ވުރެވެސް ބޮޑު މުސާރައެއްކަމަށް ބުނެ ބައެއް މީޑިޔާ ތަކުން ރިޕޯރޓުކުރުމާއި ގުޅިގެންނެވެ.

ފަޒުލްގެ އެކްސް ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހަލުވި ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"އެޗްޑީސީގެ މަސައްކަތް ހަރުދަނާ ކުރުމަށް އަދި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ކުރާ މަސައްކަތް ހަލުވި ދުވެލީގައި ކުރިއަށް ދާނަން." ފަޒުލްގެ ޕޯސްޓު ނިންމާލަމުން ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެޗްޑީސީގެ އެމްޑީއަކަށް ފަޒުލް އައްޔަނު ކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެމަގާމަށް އައްޔަން ކުރުމުގެ ކުރިން އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރެވެ. އަދި މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގެ ފަޒުލް ވަނީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރައްވާފައެވެ.

މިސަރުކާރުގެ އެންމެ މުހިއްމު އެއް ވައުދު ކަމަށްވާ ބޯހިޔަވަހިކަމުގެ ވައުދު ފުރިހަމަ ކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރަމުން ގެންދަނީ ފަޒުލުގެ ބެލުމުގެ ދަށުގައިވާ އެޗްޑީސީގެ ފަރާތުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
ތިލަފުށިން ރީކޯ މޫސަގެ ހެވީލޯޑަށް ދީފަ އޮތް ބިން އެޗްޑީސީއާ ހަވާލުކުރަން އަންގައިފި
އެޗްޑީސީން ވަނީ ބިމު ކުއްޔާއި ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ދައްކަމުން ނުދާތީވެ އެ ފައިސާވެސް ހޯދުމަށް އެދިފައެވެ.
03 Aug 2026
އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދެ ހެލިކޮޕްޓަރު ޖެހި ދެ މީހަކު މަރުވެއްޖެ
ޔޫނާން (ގްރީސް)ގެ ވެރިރަށް އެތެންސްއާ ގާތްގަނޑަކަށް 65 ކިލޯމީޓަރު ހުޅަނގުގައި އޮންނަ ސަރަހައްދެއްގައި ރޯވެފައިވާ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް މަސައްކަތް ކުރަމުންދަނިކޮށް، ދެ ހެލިކޮޕްޓަރު ވައިގެ ތެރޭގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާއެއްގައި ދެ މީހަކު މަރުވެއްޖެއެވެ.
03 Aug 2026
އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސީ-ޓު-އެއާ ކާގޯއަށް 6 އިންސައްތައިގެ ކުރިއެރުމެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރިއަށްގެންދާ ސީ-ޓު-އެއާ ޓްރާންޝިޕްމަންޓްގެ ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 6 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
03 Aug 2026
ފަލަސްތީނުގެ އަސީރުން ތިބޭ ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅުން މަނާކުރާ އަމުރެއް
ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ މުސްލިމް އަސީރުން ބޭތިއްބުމަށް ހަދާފައިވާ ކެޓްޒިއޮޓް ޖަލުގެ ވަށައިގެން ކިނބޫ ގެންގުޅުމަށް އެ ޖަމާއަތުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު ރާވާފައިވާ ރޭވުން ތަންފީޒުކުރުން، ގުދުސްގެ ޑިސްޓްރިކްޓް ކޯޓުން ވަގުތީ ގޮތުން ހުއްޓުވައިފިއެވެ.
03 Aug 2026
ހާމަ ވޯޓު ނެގުމަކީ އަސާސީ ޤަވާޢިދާ އެއްގޮތަށް ކުރާ ކަމެއް: ޕީއެންސީ
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުގެ މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ހާމަ ވޯޓު ނެގުމަށް ނިންމާފައިވަނީ އެ ޕާޓީގެ އަސާސީ ޤަވާޢިދާ އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.