މިއަދު ސޮއިކުރެއްވި 3 ކައުންސިލަރުންނާއި އެކު ރައީސް ޑރ.މުހައްމަދު މުއިއްޒު
ހަބަރު
25 Jan 2024 | 21:46
މާލެ ސިޓީގެ އިތުރު 3 ކައުންސިލަރުން ޕީއެންސީ އާއި ގުޅިވަޑައިގެންފި

މާލެ ސިޓީ ކައުންސިލްގެ އިތުރު ތިން ކައުންސިލަރަކު މިވަގުތު ވެރިކަން ކުރަމުންގެންދާ މައިޕާރޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު ޕީއެންސީ އާއި ގުޅިވަޑައިގެންފައި ވަނީ

- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އިބްރާހިމް އަބޫބަކުރު  

- މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަރީޝް

- މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އާއިޝަތު ނާޒިމާ

މި ތިން ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށް ފަހު، މި މަހުގެ ތެރޭގައި ޕީއެންއެފަށް ސޮއިކުރެއްވި ކައުންސިލަރެކެވެ. އަރީޝްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކައުންސިލަރެކެވެ. އަދި ނާޒިމާ މިއަދާ ހަމައަށް ވެސް ހުންނެވީ ޕީޕީއެމްގައެވެ.

މިއަދު ޕީއެންސީ އާއި ގުޅިވަޑައިގެންނެވި މި ތިން ކައުންސިލަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އަދުގެ ރައީސުލްޖުމުހޫރިއްރާ އަދި ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މިއަދު މި ތިން ކައުންސިލަރުން ޕީއެންސީއަށް ސޮއިކުރައްވާފައި ވާއިރު މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާއަށް ހުވާ ކުރެއްވި އަހުމަދު ރިޝްވާން ވެސް ވަނީ, މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން ޕީއެންސީއަށް ސޮއިކުރައްވައިފައެވެ. ރިޝްވާނަކީ އެމްޑީޕީ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެ ވަޑައިގެންނެވި ކައުންސިލަރެކެވެ.

މިވަގުތު މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް މާލެ ސިޓީ ކައުންސިލްގައި ތިއްބެވި 19 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރުންނަކީ ޕީޕީއެމް/ޕީއެންސީގެ ކައުންސިލަރުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.