އެންސްޕާގެ ސީއީއޯ ހީނާ ވަލީދު--ފޮޓޯ/ ވޮއިސް
ހަބަރު
26 Jan 2024 | 14:08
ބޭސްފަރުވާއަށް އެދި ހުށައަޅާ ފަރާތްތަކަށް އެހީދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯވޭ: ހީނާ

ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ / އާސަންދައިން ކަމަށާ، އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށް އެންސްޕާގެ ސީއީއޯގެ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

އާސަންދަ އާއި އެންސްޕާގެ އެހީ ދިނުމުގެ ކަންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުޢިއްޒު ނުފޫޒު ފޯރުއްވަމުންދާ ކަމަށާ، އެތަކެއް ސަތޭކަ މީހުންނަށް އެންސްޕާ އެހީ ނުލިބިގެން އިންޑިޔާއަށް ނުދެވި ފައިވާ ކަމަށް ބުނެ މީޑިއާއަކުން ޚަބަރު ފަތުރާފައިވާ އިރު، އެ ނޫހުން ވަނީ، އިންޑިޔާއަށްދާން އާސަންދަ އާއި އެންސްޕާގެ އެހީ ނުދީ އެގައުމަށް ޖެއްސުން ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ. 

އެކަމާއި ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، ބޭސްފަރުވާ ކުރުމަށް އެދި ހުށައަޅާ ފަރާތްތަކަށް އެއޮންނަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައި ދެނީ އެންސްޕާ / އާސަންދައިން ކަމަށެވެ.

އަދި އެކޭސްތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދު ދެއްވާ އުސޫލެއް ނޯންނަ ކަމަށްވެސް ވިދާޅުވި އެވެ. 

މިއާއެކު ހީނާ ވިދާޅުވީ، މި ޖެނުއަރީ މަހުގެ 1-25 އަށް ބޭސްފަރުވާއަށް ދިއުމަށް 1922 ޓިކެޓް ދޫކުރެވިފައިވާ ކަމަށެވެ. އަދި އޭގެ 97.2 އިން ސައްތަ އަކީ ބޭސް ފަރުވާއަށް އިންޑިއާއަށް ދިއުމަށް ދޫކޮށްފައިވާ ޓިކެެޓް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އާސަންދަ ސްކީމްގެ ދަށުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް މިވަގުތު ފޮނުވަމުންދަނީ އިންޑިއާ އާއި ސްރީލަންކާއަށެވެ.

ނަމަވެސް ތައިލެންޑާއި ޔޫއޭއީ ފަދަ ފެންވަރު ރަނގަޅު ގައުމުތަކަށްވެސް އާސަންދަ ލިބޭ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން ރައީސް މުޢިއްޒު އިއުލާން ވަނީ ކުރައްވާފައެވެ. 

ކޮމެންޓް
ޙހހހހހހހގގގގގގގގގގގގގގގގވވގގގގގ
ތި އުސޫލު އޮންނަނީ ހުރިހާ ސަރުކާރެއްގަ ވެސް ވަކި ބަޔަކަށް އެއްބަޔަކަށް ތަފާތު ދެ ޖަވާބެއ ރައްޔިތުންނަށް ވަރަށްސާފް ހީނާ އެބަޖެހޭ މިކަން ރަގަޅުކުރަން ޥާކަހަތަކެއް ދެއްކިޔަސް އަދި ނުވާނެ ދެފުށް ފެންނަންޖެހޭ އެބަ
26 Jan 2024
ރޅލ
ތި އުސޫލު އޮންނަނީ ހުރިހާ ސަރުކާރެއްގަ ވެސް ރައްޔިތުންނަށް ވަރަށްސާފް ހީނާ އެބަޖެހޭ މިކަން ރަގަޅުކުރަން ޥާކަހަތަކެއް ދެއްކިޔަސް އަދި ނުވާނެ ދެފުށް ފެންނަންޖެހޭ އެބަ
26 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.