ރޭގެ ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވާހަކަ ދައްކަވަނީ-- ފޮޓޯ/ ތޭރަ އޮންލައިން
ހަބަރު
26 Jan 2024 | 16:22
ރަސްމާލެއަކީ އަޅުގަނޑު ހިޔާލުކޮށްފައި އޮތް މަޝްރޫއެއް: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ގެންދަވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، 'ރަސްމާލެ' މަޝްރޫއަކީ، އެ މަނިކުފާނު ވެސް ހިޔާލު ކުރައްވާފައި އޮތް މަޝްރޫއެއް ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ޕީއެންފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ޕޯޑިއަމްގައި ވާހަކަދެއްކެވި ބޭބޭފުޅުންނަށް ސުވާލުތައް އަމާޒުކުރައްވަމުން ޔާމީން ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވެސް އެންމެ ބޮޑަށް ކުރިމަތިވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. 

އަދި އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފަށާފައިވާ  ރަސްމާލޭގެ މަޝްރޫއާ މެދު ސުވާލު ނުއުފައްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޝައްކެއްވެސް ނެތް. ބޯހިޔާވަހިކަން ހައްލުކުރުމުގެ ގޮތުން ރަސްމާލޭގެ ނަމުގައި މަޝްރޫއެއް ފެށިގެން އެބަދޭ. އެއަށް އެއްޗެއް ދަންނަވާކަށްނޫން. އެއީ، އަޅުގަނޑު ވެސް ހިޔާލުކޮށްފައި އޮތް މަޝްރޫއެއް،" 

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 

މިއާއެކު، ޔާމީން ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދަވަން އެމާނިކުފާނު ނިންމެވީ ހުރިހާ ކަމެއް ހުއްޓައިލާފައި ނޫން ކަމަށެވެ. 

އެގޮތުން މާލެއާއި ހުޅުމާލޭގައި ވެސް ބައިވަރު ހުސްބިންތައް އެބަހުރި ކަމާއި އަދި އިތުރު ބިންތައް އުފެއްދޭނެ ގޮތްތަށް ހުޅުމާލޭގައިހުރި އިރު، މާލެއިން ބިން ހުސްކުރެވޭނެ ގޮތްތައް ވެސް އެބަހުރި ކަން ޔާމީން ފާހަގަކުރެއްވިއެވެ.

އެހެން ކަމުން، ސަރުކާރަށް އެންމެ ޚަރަދު ކުޑަވާނީ މުޅިން އާ ސަހަރެއް ހިއްކައިގެން އެ ތަނުގައި މީހުން އާބާދުކުރަންތޯ ނޫނީ މިހާރު ވެސް ހުޅުމާލެއާއި މާލޭގައި ހުރި ބިންތަކުގައި އުސްކޮށް އިމާރާތްކޮށް، ލިފްތައް ހަރުކުރުންތޯ ޔާމީން ވަނީ ސުވާލު އުފައްދަވައިފައެވެ.

"މާލެއާއި ހުޅުމާލޭގައި މިހާރު ހުރި ބިންބިމުން މި މަސައްކަތް ފައްޓައިފި ކަމަށްވަންޏާ، ދައުލަތަށް މުޅިން އާ ސަހަރެއް ހިއްކައިގެން މި ކަން ކުރުމަށް ވުރެ ޚަރަދު ކުޑަވާނެތޯ،" 

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 

ފުށިދިއްގަރުފަޅު މަޝްރޫއަކީ މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން 1200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކާ 11900 އަށްވުރެ ގިނަ ގޯއްޗާއި 26000 ފްލެޓު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް 8 މަސް ދުވަސްތެރޭ އެއްކޮށް ހިއްކައި ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި މަޝްރޫއު މުޅިން ނިމޭއިރު، މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ހީނާހަސަން
މަނިކުފާނު މާލޭ އަމިއްލަ ގެދޮރުގަ އުޅުނަސް އަޅުގަނޑުމެންގެ ގެދޮރުކަންތަކާ މާކުރިންވެސް އަޅުގަނޑުމެން އައީ ވިސްނަމުން މަނިކުފާނަށް ތިޔަ ވިސްނުމެއް އައީ ވެރިކަމުގެ ދަހިވެތިކަމުގަ
26 Jan 2024
ކުރުކޮށް
ފޮނި ކަނޑަ މީަހަކީ އެއްވެސް އަގެއް ހުރި މީހެއް ނޫނެވެ
27 Jan 2024
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ