ގާސިމް އިބްރާހިމް އަދި އައިޝަތު ނަހުލާ-- ފޮޓޯ: ސަން
ހަބަރު
27 Jan 2024 | 13:56
ނަހުލާ ވާނީ ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި މެންބަރަކަށް: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާ އަށް ވާދަކުރައްވާ އެޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވާނީ ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި މެންބަރަކަށް ކަމަށް ޖޭޕީގެ ލީޑަރު އަދި ނަހުލާގެ ފިރިކަލުން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެކްސް ގައި ކުރި ޕޯސްޓެއްގައި ގާސިމް ވިދާޅުވީ ޖޭޕީގެ ޓިކެޓް ގައި ނަހުލާ ވާދަކުރައްވަނީ ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، މަދަނީ، އިގްތިޞާދީ އަދި އިޖްތިމާއީ ކަންކަމުގައި އަންހެނުންގެ ދައުރު ފުޅާކޮށް، ފުރުޞަތުތައް ފަހިކުރުމުގެ މަތިވެރި އަޒުމުގައި ކަމަށެވެ.

ޤާނޫނު ހަދާ މަޖިލީހަކީ، އެމަޖިލީހަކަށް ތަޖުރިބާއާއި ހިކުމަތްތެރި، ވިސްނުންތެރި އަމާނާތްތެރިން އިންތިޚާބު ކުރަން ޖެހޭ ތަނެއް ކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ހުޅުމާލޭ ދެކުނުދާއިރާގެ ރައްޔިތުންގެ މަންދޫބެއްގެ ގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ޕާޓީގެ ނައިބު ލީޑަރު ނަހުލާ ކަމަށެވެ.

 ހުޅުމާލޭ ދެކުނު ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ނަހުލާއަށް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ގާސިމް އެކްސް ގައި ކުރި ޕޯސްޓްގައި ވެއެވެ. އަދި ނަހުލާ އަކީ ހުޅުމާލެ ދެކުނު ދާއިރާ އާއި ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރި، ވަފާތެރި ކެނޑިޑޭޓެއް ކަމުގައި ވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ ގާސިމް ވަނީ ނަހުލާއަށް ތައުރީފް ކުރައްވާފައެވެ.

ކޮމެންޓް
މަރީ
ޓްރާންސްޕޯޓަށް މުޅި އާއިލާ ވައްދައިގެން. އެތާގަ މިހާރު ހުރި މިނިސްޓަރައް ޖެއްސުން ކުރާ އެއްޗެއް ތީ
27 Jan 2024
ސީރިއަސް
މަޖްލީސް ކާމިޔާބުކުރާ ގިނަމީހުން ކާމިޔާބުކުރަނީ ފައިސާއިން. ދާއިރާއިން ކިޔަވައިގެން ތިބޭ މީހުންގެ ބޭނުމެއްނެތް. ފައިސާ ހޯދަންވީ. އޭރުން ހުރިހާ ކަމެއްވެސް ވާނެ
27 Jan 2024
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.