ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް-- ފޮޓޯ/މަޖިލިސް
ހަބަރު
28 Jan 2024 | 12:55
ދައުލަތުގެ މަގާމުތަކަށް އައްޔަންކުރާ މީހުންނަކީ ޤާބިލު ބައެއްކަމަށް ކަނޑައެޅުން މިއަދު ވާޖިބުވެއްޖެ: ސަލީމް

ސަރުކާރުން ދައުލަތުގެ މަގާމުތަކަށް އައްޔަނުކުރާ ބޭފުޅުންނަކީ އެ ކަމަށް ގާބިލް ބޭފުޅުންކަން ކަށަވަރު ކުރުމަކީ މިއަދު ކޮންމެހެންވެސް ކުރުން ވާޖިބު ކަމެއް ކަމުގައި ހޯރަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި، ރުހުން ދިނުމާއި ގުޅޭގޮތުން ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ، ގާނޫނު އަސާސީން ވަޒީރެއްގެ ކިބާގައި ހުރުމަށް ކަނޑައަޅާފައިވާ 5 ޝަރުތަކީ ވަރަށް އާދައިގެ ޝަރުތު ތަކެއް ކަމަށެވެ. 

ގާނޫނު އަސާސީގައި އެބުނާ ފަސް ޝަރުތަކީ ވަރަށް އާދައިގެ 5 ޝަރުތު. އޭގެ ތެރޭގައި ލިޔަންކިޔަން އެނގުން ހިމެނިފައެއް ނުވޭ. އެހެން ނަމަވެސް، ގާނޫނު އަސާސީގައި ބަޔާންކޮށްފައިޗާ ވަޒީރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ތައް ވަރަށް ގިނަ. 

އަހުމަދު ސަލީމް

ކަންމިހެން ހުރުމުން، ރައްޔިތުންގެ މަޖިލީހުން ރުހުންދޭ ވަޒީރަކީ އޭނާއާ ހަވާލުވާ ޒިންމާތައް އަދާކުރުމުގެ ގާބިލުކަން ހުރި މީހެއްތޯ ބަލަންޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ގާނޫނަށް ވެސް ބަދަލު ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު ދެކޭގޮތުގައި ގާނޫނު އަސާސީއަށް އިސްލާހު ގެނެސްގެން ނަމަވެސް ދައުލަތުގެ އެކިއެކި މަގާމްތަކަށް އައްޔަން ކުރެވޭ ފަރާތްތަކަކީ ގާބިލު ބައެއްކަން ކަނޑައެޅުން އަޅުގަނޑުމެންގެ މައްޗަށް މިއަދު ވާޖިބު ވެއްޖެ

އަހުމަދު ސަލީމް

މީގެ އިތުރުން ސަލީމް ވަނީ، ވަޒީރުންގެ މަޖިލީހަށް، ރައީސުލްޖުމްހޫރިއްޔާ ބޭނުން މިންވަރަކަށް މެންބަރުން އައްޔަނު ކުރެވުމުގެ ބާރު ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ދެއްވާފައިވާ ކަމަށާ، އަދި ބޭނުން މިންވަރަކަށް ވުޒާރާތައް އުފެއްދުމުގެ ބާރުވެސް އޮންނަ ކަމަށެވެ. އެހެންނަމަވެސް، އެއީ އެކަން އެގޮތަށް ކުރަންވީ ސަބަބެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ. 

ސަލީމް މިފަދައިން ވިދާޅުވެ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަން ވާހަކަ ދައްކަވާފައިވާއިރު، އެމްޑީޕީއާއި އިދިކޮޅު ޑިމޮކްރެޓްސް އިން ވަނީ، ސިޔާސީ މަގާމު ތައް ލިމިޓް ކުރަން ގާނޫނަށް ބަދަލު ގެންނަން ދެ ޕާޓީން އެކުގައި މަޖިލީހުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައެވެ. 

ކޮމެންޓް
ބަޗީ
ތި ކަމަކީ އެހެން ބަޔަކު ވެރިކަމަށް އައިމާ ކުރަންޖެހިފައި ތިމާމެން ވެރިކަން ކުރާއިރު ދުނިޔޭން ބޭރުންވެސް މީހުން ގެނެސްގެންވެސް އަދަދު އިތުރުކުރަންޖެހޭ ކަމަށްވަނީ؟
28 Jan 2024
ފަސީނާ
ތިމާވެށީގެ އައްޕަޔޯ މިހާތަނަށް ސަރވޭހެދީ އެންމެ އެއަރޕޯޓަކަށް އެތަން އޮންނަނީ އަބަދު ފެނުއަޑީގަ އަދިވެސް ފޮނި ވާހަކަ ދައްކާތި
29 Jan 2024
ގުޅޭ ލިޔުންތައް
14 Sep 2026
ސަފީރު ޝަބީނާ, އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު ބެލްގްރޭޑް ގައި ހުންނަ "ޕެލެސް ސާބިއާ" ގައެވެ.
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.