ބަންޑާރަ ނައިބް އަހުމަދު އުޝާމް
ހަބަރު
28 Jan 2024 | 15:25
ސަރުކާރު ބަލިކައްޓެއް ނުކުރެވޭނެ، ރައީސް ހުންނެވީ ގަދަކޮށް: އުޝާމް

އިދިކޮޅު ޕާރޓީތަކުން ވަޒީރުންނަށް ރުހުން ނުދޭން ނިންމި ނިންމުމަކީ ޒާތީ ކަމެއް ކަމަށާއި ޒާތީގޮތުން ޖައްސާލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާ އެފަަދަ ކަންކަމުން ސަރުކާރު ބަލިކަށި ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު އުޝާމް މިފަދައިން ވިދާޅުވީ މި ސަރުކާރުގެ 22 މިނިސްޓަރުންގެ ތެރެއިން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީ އާއި ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދުއަށް ރުހުން ނުދޭން ޑިމޮކްރެޓްސް އިން ނިންމާފައިވަނިކޮށެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބަންޑާރަ ނައިބު ވިދާޅުވީ ވަޒީރުންނަށް ރުހުން ނުދިނުމަކީ ޒާތީ ކަމެއް ކަމަށެވެ. އަދި ރުހުން ނުދޭން އުޅުމަކީ ޒާތީކަމެއް ކަމަށާއި، މިއީ ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގައި ކުރާކަމެއް ކަމަށެވެ.

"މިއީ ޒާތީ ކަމެއް. ޒާތީގޮތުން ޖައްސައިލާ، ސަރުކާރު ބަލިކަށިކުރުމުގެ ނިޔަތުގަ ކުރާ މިކަހަލަ ކަންކަމުން ސަރުކާރު ބަލިކަށި ވެސް ނުކުރެވޭނެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ގަދަކޮށް،" ބަންޑާރަ ނައިބުގެ ޕޯސްޓުގައިވިދާޅުވެފައިވެއެވެ.

ބަންޑާރަ ނައިބު މިފަދައިން ވިދާޅުވެފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ބަލާ ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ.

އެރިޕޯޓަށް ބަހުސް ކުރުމަށް ހުޅުވާލުމުން މަޖިލިހުގެ ނައިބު ރައީސް، އަދި އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ ވަޒީރުން އައްޔަންކުރުމުގެ ބާރު ރައީސަށް ލިބިދީފައި ވިޔަސް، އެއީ ހިތުހުރި ގޮތަކަށް ވަޒީރުން އައްޔަން ކުރަން ލިބޭ ހުއްދައެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

ހަމަ އެހެންމެ ދަ ޑިމޮކްރެޓްސްގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވާހަކަދައްކަވަމުން ވިދާޅުވީ ވެރިކަމަށް އައުމަށް ދައްކަނީ އެހެން ވާހަކައެއް ކަމަށާއި، އެކަމަކު ވެރިކަމަށް އައުމަށް ފަހު އަމަލު ކުރަނީ މުޅިން އެހެން ގޮތަކަށް ކަމަށެވެ. އެހެންކަމުން ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށް އޭނާ ފަހަގަކުރެއްވިއެވެ.

ވަޒިރުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން އެމްޑީޕީ އާއި އަދި ދަ ޑިމޮކްރެޓްސް އިންވެސް ވަނީ ވަޒީރުންގެ މަޖިލިހުގައި ހިމެނި ވަޑައި ގަންނަވާ ބައެއް ވަޒީރުނަންނަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

މިކަމާއި ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރެއްގެ ސިޔާސަތު ތަންފީޒުކުރުމަށް އެކުލަވާލާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންގެ މަންފާއަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް ހުރަސް އެޅުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.