މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް
ހަބަރު
28 Jan 2024 | 20:50
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ބަޔާން: މަޖިލިހުގެ ރައީސް އަސްލަމް މާރާމާރީ ހިންގުމަށް ހިތްވަރުދިން

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިތްވަރުދެއްވައިގެން މަޖިލީހުގައި މެންބަރުންގެ ގަޔަށް އަތްލައި މާރާމާރީ ހިންގާފައިވާތީ  ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމާފައިވާތީ، މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވަނީ ހުރަސް އަޅައިފައެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުންނަށް ހަމަލާދީފައެވެ. އޭގެ ތެރެއިން ބައެއް މެމްބަރުންނަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހިފައިވެއެވެ.

މިކަމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަވާ، އެޖަލްސާގެ ތެރޭގައި މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުން އަދި އެކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ބާއްވަވާ، އެޖަލްސާގެ ތެރޭގައި މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން ހަމަނުޖެހުން ހިންގާ މާރާމާރީ ހިންގުން އަދި އެކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ" 

ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ  ދައުރުން ބޭރުން ބޭއްވި މިޖަލްސާގައި މިކޯލިޝަނަށް ނިސްބަތްވާ މެމްބަރުންގެ ގަޔަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ނިސްބަތްވާ ޕާޓީގެ މެންބަރުން އަތްލާ މާރާމާރީ ހިންގާ، އަދި މެންބަރެއްގެ ބޯ ވަނީ ފަޅާލާފައި ކަމަށާއި، އަދި މިކަންކަން ހިނގަމުން ދިޔައިރު، މިކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާއިރު މިކަމަށް މަޖިލީހުގެ ރައީސް ހިތްވަރު ދެއްވުން އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.  

"މަޖިލީހުގެ ޖަލްސާތައް އިންތިޒާމު ކުރެވޭއިރު، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި، ހަމަނުޖެހުމަށް ފުރުޞަތު ނުދިނުމަށް ހަރު އަޑުން ގޮވާލަމެވެ. އަދި މަޖިލީހުގައި ހިނގައި ދިޔަ ކަންކަން ކަމާބެހޭ މުއައްސަސާތަކަށް ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން މިކޯލިޝަނުން ކުރަމުން ގެންދާ ވާހަކަވެސް ދެންނެވީމެވެ." 

ބަޔާން ނިންމާލަމުން ޕީޕީއެމް/ޕީއެންސީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.