ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
ހަބަރު
28 Jan 2024 | 21:31
މަޖިލިސް ދެން ކުރިއަށް ގެންދެވޭނީ އެދުމަތިވެފައިވާ މެމްބަރު ހޮސްޕިޓަލުން ދޫކޮށްލުމުން: ސިރާޖު

ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު 1.30 އަށް ތާވަލުކުރެވުނު ރައްޔިތުން މަޖިލިހުގެ ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ. އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުންނާއި، އެމްޑީޕީ މެމްބަރުން އަޑުގަދަކޮށް ޒުވާބުކޮށް އެންމެފަހުން އެއް މެމްބަރަކު އަނެއް މެބަރެއްގެ ގަޔަށް އަތްލައި މާރާމާރީ ހިންގަން ފެށިއެވެ.

މި ހަމަނުޖެހުންތަކުގައި ދާދިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި އެމްޑީޕީގެ ކުރީގެ ދެ މެމްބަރުން ކަމުގައިވާ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްޙަކީމަށާއި، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ވަރަށް ބޮޑަށް އަނިޔާވެގެން ދިޔައެވެ. މީގެތެރެއިން މެމްބަރ ޝަހީމް ވަގުތުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުނެވެ. އަދި މިހާރުވެސް ޝަޙީމް އޮންނެވީ ފަރުވައަށް ހޮސްޕިޓަލްގައި އެދުމަތި ކުރެވިފައެވެ.

މަޖިލިހުގެ ޖަލްސާއެއް މިރޭ 8 ޖަހާއިރަށް ތާވަލުކުރެވި މަޖިލިހުގެ ރައީސް ޖަލްސާފެށުމަށް މަސައްކަތް ކުރެއްވި ނަމަވެސް ޖަލްސާވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

މިރޭގެ ޖަލްސާ މެދުކަނޑާލައިފައި ވަނިކޮށް  ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގައި އެކޯލިޝަނުގެ މެމްބަރަކާއި މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ޖެހިފައިވާ ކަމަށާއި، އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގަ ނުދެވޭނެކަމަށެވެ.

"މިއަދު މަޖިލީހުގައި އަޅުގަނޑުމެންގެ މެމްބަރަކާ މާރާމާރީ ހިންގާ އަނިޔާކުރުމުގެ ސަބަބުން ހޮސްޕިޓަލުގައި އެނދުމަތިކުރަން ވަނީ ޖެހިފައި" ، "އެ މެންބަރު ހޮސްޕިޓަލުން ދޫކުރުމުގެ ކުރިން މަޖިލިސް ކުރިއަށް ގެންދަން ޖާގައެއް ނުދެވޭނެ"  

ސިރާޖުގެ އެކްސްޕޯސްޓުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.