މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް
ހަބަރު
29 Jan 2024 | 17:21
ވަޒީރުންނަށް ރުހުން ނުދިނުމަކީ މުޖުތަމަޢު ބަލައިގަންނަކަމެއް ނޫން: ޝިޔާމް

ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް މާތް الله ގަންދީ ހުވާކުރައްވައިގެން ތިއްބެވި ވަޒީރުންނަށް އެއްވެސް އަސާސެއްނެތި ރުހުން ނުދެއްވުމަކީ މުޖުތަމަޢު ބަލައިގަންނަ ކަމެއްނޫންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނެގުނު ވޯޓުން ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނި ވަޑައިގެންނެވި ތިންވަޒީރަކަށް ރުހުން ނުދިނުމަށް ނިންމި ނިންމުމާއި ގުޅިގެން މިއަދު އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

ޝިޔާމުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ  ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުންދެއްވުމުގައި މަޖިލިސް މެންބަރުން މިއަދު ސެޓްކުރެއްވި ޕްރެސީޑަންޓަކީ ތަހުޒީބު މުޖުތަމައެއްގައި ވަރަށްވެސް ޒިންމާދާރުކަންކުޑަކޮށް ކުރެއްވި ކަމެއް ކަމަށެވެ.

‏"ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް  ރުހުންދެއްވުމުގައި މަޖިލިސް މެންބަރުން މިއަދު ސެޓްކުރެއްވި ޕްރެސީޑަންޓަކީ ތަހުޒީބު މުޖުތަމައެއްގައި ވަރަށްވެސް ޒިންމާދާރުކަންކުޑަކޮށް ކުރެއްވި ކަމެއް.  ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް މާތް الله  ގަންދީ ހުވާކުރައްވައިގެން ތިއްބެވި ވަޒީރުންނަށް އެއްވެސް އަސާސެއްނެތި  ރުހުން ނުދެއްވުމަކީ މުޖުތަމަޢު ބަލައިގަންނަކަމެއްނޫން." މިނިސްޓަރ ޝިޔާމުގެ އެކްސް ޕޯސްޓުގައި ވިދާލުވެފައި ވެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރހުން ނުދިނުމަށް ނިންމާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށާއި ، އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

މިއަދު ބޭއްވުނު މަޖިލިސް ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ 22 މިނިސްޓަރުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައި ވަނީ 19 ބޭފުޅަކަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.