ޕާކިން ޖާގަތަކަށް ޝަކުވާ ހުށަހަޅަށް ހުޅުވާލައިފި
ހަބަރު
30 Jan 2024 | 09:07
މާލެއިން ވިއްކި ޕާކިން ޖާގަތަކަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ކުއްޔަށް ދޫކުރި ޕާކިން ޖާގަތަކާއި ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާލޭސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

މި ފުރުސަތު ހުޅުވަލައިފައި ވަނީ އިއްޔެ މާލޭސިޓީން ގެޒެޓްގައި ޝާއިއުކުރި އިއުލާނަކުންނެވެ. އެއިލާނުގައި ބުނެފައިވަނީ ފެބުރުއަރީ 5 އާއި ހަމައަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ މި އިޢުލާނުގައިވާ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައި ވަނީ ޕާކިންގ ސްލޮޓް ލިބުނު މެސެޖަށްފަހު އިތުރު މުއާމަލާތެއް ނުކުރާ ފަރާތްތަކަށާއި، ޕާކިންގ ސްލޮޓް ލިބުނުކަން އެންގުމަށްފަހު އެއްބަސްވުން ނަހަދާ ފަރާތްތަކަށާއި އަދި ޕާކިންގ ސްލޮޓްތަކާއި ގުޅޭ އިތުރު ޝަކުވާތައް ހުށައަޅަށް ބޭނުންވާ ފަރާތްތަކަށެވެ.

މާލެސިޓީ ކައުންސިލުން ބުނެފައިވަނީ ޝަކުވާ ހުށަހަޅާނީ ސިޓީ ކައުންސިލްގެ ވެބްސައިޓުގައިވާ ޝަކުވާ ހުށަހަޅާ ޕޯޓަލް ނުވަތަ ލިޔުމަކުން ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ކަމަށެވެ.

މާލޭ ސިޓީކައުންސިލުން ޕާރކިން ސްލޮޓްތައް ދޫކުރުމަށް އިޢުލާނުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު ހުޅުވާލައިފައި ވަނީ ކޮންމެ މީހަކަށް ތަފާތު ތިން ސަރަހައްދަކުން ސްލޮޓަށް އެދެވޭ ގޮތަށް، ގިނަވެގެން އެއް އަހަރުދުވަހަށް މަހު ފީ ދައްކާ ގޮތަށް ދޫކުރާ ޖާގަތަކެއްގެ ގޮތުގައެވެ.

އެގޮތުން އޭރު ޕާރކިންގ ޖާގަތައް މަހަކަށް ދޫކޮށްފައި ވަނީ

ޓެކްސީ (4 ފުރޮޅުލީ  ރީނދޫބޯޑު ޖެހި ވެހިކަލްތައް) 750 ރުފިޔާ

ޕްރައިވެޓް ކާރުތަކަށް : 1500 ރުފިޔާ

ކުންފުނިތަކަށް : 3000 ރުފިޔާ

މާލެ ސިޓީކައުންސިލުން ޕާކިން ޖާގަތައް ދޫކުރި ގޮތުން އޭރުވެސް ގިނަފަރާތްތަކަކުން ދިޔައީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަބަޔަކު އެންމެ ގިނައިން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ގިނަ މީހުން އާންމުކޮށް ސައިކަލު ޕާކުކުރަމުންދިޔަ ސަރަހައްދުތަކުން ޕާކިންގ ސްލޮޓްތައް ދޫކޮށްފައިވާކަމަށް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.