ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
ހަބަރު
30 Jan 2024 | 08:27
މަޖިލީހުން އިއްޔެ ފެނިގެން ދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް: ނައިބުރައީސް

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފެނިގެން ދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ނައިބުރައީސް މިފަދައިން ވިދާޅުވެފައި ވަނީ ރައީސުލްޖުމުހުރިއްޔާ ޑރ،މުހައްމަދު މުއިއްޒުގެ ސަރުކާރުގެ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން ކަމަށެވެ.

މިސަރުކާރުގެ ތިން ވަޒީރުންކަމަށްވާ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި، އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް މަޖިލިހުން މިއަދު ރުހުން ނުދިން މައްސަލާގައި ނައިބުރައީސް ކުރެއްވި ޕޯސްޓު ނިންމާލަންވަމުން ވިދާޅުވީ މަޖިލިސްގެ އެ ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން. މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރަން." ނައިބުރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ ބޭއްވުނު މަޖިލސް ޖަލްސާގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ތެރެއިން މަޖިލީހުން ރުހުން ދީފައި ވަނީ 19 ބޭފުޅަކަށެވެ.

އެ ރުހުން ނުދިން 3 ވަޒީރުންވެސް މިހާރުވަނި އަލުން އަބުރާ ހަމަ ކުރިން އެ ވަޒީރުން ތިއްބެވި ވުޒާރާތަކަށް އައްޔަށްކުރައްވާ މަޤާމުގެ ހުވާ ކުރައްވާފައެވެ.

މިތިން ވަޒީރުން އަލުން މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.