އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު
ހަބަރު
30 Jan 2024 | 09:48
ތަފާތުކުރުމެއް ނޯންނާނެ، މަސްއޫލިއްޔަތު އަދާކުރާނީ ލޯތްބާއި އިޙުތިރާމާ އެކު: ޑރ.ޝަހީމް

އެންމެހައި ދިވެހި ރައްޔިތުންނާއި ހުރިހައި ސިޔަސީ ޕާޓީތަކުގެ މެންބަރުނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލޯތްބާއި އިޙުތިރާމާ އެކު މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނަވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މިނިސްޓަރަށް ރުހުން ނުދިނުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަލުން އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ. އެބޭފުޅާ އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

މިނިސްޓަރ ޝަހީމް އެކސްގައި ކުރެއްވި ޕޯސްޓެއްގައި އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެބޭފުޅާ އާއި ޙަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރައްވާނެކަމަށެވެ.

"އިންޝާ الله އެންމެހައި ދިވެހި ރައްޔިތުންނާއި ހުރިހައި ސިޔަސީ ޕާޓީތަކުގެ މެންބަރުނަށް އެއްވެސް ތަފާތުކުރުމެއް ނެތި ލޯތްބާއި އިޙުތިރާމާއި އެކު މަސްއޫލިއްޔަތު އަދާކުރުން މަތީ ދެމިހުންނާނަން. ރައީސް ޙަވާލުކުރެއްވި އަމާނާތް އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަން އިންޝާ الله"  ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އިއްޔެ ބޭއްވުނު ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ރުހުންދީފައި ނުވަނީ ، އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށާއި، އަދި ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރަށެވެ.

އޭގެ ތެރެއިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފެންނަ ކަމަށް 30 މެމްބަރުން ވޯޓްދެއްވި އިރު ނުފެންނަ ކަމަށް 31 މެމްބަރަކު ވޯޓްދެއްވާފައި ވެއެވެ. އަދި ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވި 8 މެމްބަރަކު ތިއްބެވިއެވެ. އެހެންކަމުން މިނިސްޓަރ ޝަހީމުއަށް އިތުބާރު ނެތްކަމަށް ފާސްވެފައި ވަނީ ހަމަ އެންމެ ވޯޓަކުންނެވެ.

ކޮމެންޓް
ހާސްފައި
ކަލޯ ސަހީމު ތިހެއްދެވީ ސީދާކަޑައެޅިގެންދޮގުބުހުތާނެއް ސަހީމު ދަންނަން އަލިފުން ޔާ އަށް ވަރަށް ރީތިކޮށް އިގެހުރެ މިވިދާޅުވީ
30 Jan 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.