ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
30 Jan 2024 | 16:27
އެމްޑީޕީ މެންބަރުންނަށް ރައީސް އަޒުލުކުރެވޭ ގޮތަށް މަޖިލިސް ގަވާއިދު ބަދަލު ކުރި މައްސަލަ ސުޕްރީމް ކޯޓަށް

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާ ގޮތް ބަދަލު ކުރުމަށް، މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސަރުކާރުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިސްލާހު ބާތިލު ކުރަން އެޓާނީ ޖެނަރަލް އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.

ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާ ގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާއާއި 203 ވަނަ މާއްދާ އަދި 49 ވަނަ މާއްދާ އިސްލާހުކުރަން އާންމު ކޮމިޓީން ނިންމި ނިންމުމުން މަޖިލީހުގެ ތަޅުމުން ވަނީ އެ އިސްލާހުތައް ފާސްކޮށްފައެވެ. 

އޭގެ ތެރެއިން، އޭރު އެމްޑީޕީގައި ތިއްބެވި މެންބަރުންނަށް އެކަނިވެސް ރައީސާއި ނާއިބު ރައީސް އަޒުލު ކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު އެވެ. 

ޝިފާޢުގެ އިސްލާހުގައި ބުނެފައިވަނީ 19 ވަނަ މަޖިލީހުގެ ހަތް މެންބަރަކު އިސްތިއުފާ ދެއްވާފައިވާއިރު މަޖިލީހުގެ ޖުމްލަ އަދަދަކީ 87 މެންބަރުންގެ ގޮތުގައި ބެލުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ އިސްލާހު ހުށަހެޅުއްވީ އިސްތިއުފާ ދެއްވި މެންބަރުން ނުލައި މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމަށެވެ. 

އެ އިސްލާހު ފާސްކުރަން ހާޒިރުވެތިއްބެވި 63 މެންބަރުންގެ ތެރެއިން 42 މެންބަރުން ވަނީ ވޯޓުދެއްވައިފައެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވޯޓުދެއްވިއެވެ.

މަޖިލީހުގެ ގަވާއިދު އޮތް ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސްކުރެވޭނީ މަޖިލީހުގެ ދެ ބައި ކޮށްފައި ތިން ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.

ނަމަވެސް ޝިފާއުގެ އިސްލާހު ފާސްވުމާއި އެކު ދެން 54 މެންބަރުންގެ ވޯޓުން ވެސް ރައީސް އާއި ނާއިބު ރައީސް އަޒުލު ކުރެވޭނެ އެވެ. އެމްޑީޕީގައި އޭރު 55 މެންބަރުން ތިއްބެވެ. 

މި އިސްލާހަކީ ގާނޫނު އަސާސީ އާއި ޚިލާފު އިސްލާހެއް ކަމަށް ބުނެ އެމްޑީޕީ ފިޔަވައި ދެން ތިބި ހުރިހާ ޕާޓީއެއްގެ މެންބަރުންވެސް ވަނީ ވަކާލާތުކޮށްފައެވެ.

އޭރު އެމްޑީޕީގައި އެ އަދަދަށް މެންބަރުން ތިއްބެވި ނަމަވެސް، ފަހުން އެޕާޓީގެ ގިނަ މެންބަރުން ތަކެއް ވެރިކަން ކުރާ ޕާޓީއާ ގުޅުމުން އެމްޑީޕީ މެންބަރުންގެ އަދަދު ވަނީ 41 އަށް ވެއްޓިފައެވެ.

ނަމަވެސް އެޕާޓީއާއި ޑިމޮކްރެޓްސް އާއި ގުޅުމުން، ދެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 54 އަށް އަރާއިރު، އެމްޑީޕީން އަނެއްކާވެސް ވަނީ، ރައީސުލްޖުމުހޫރިއްޔާ ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ފާސްކޮށްފައެވެ. 

ރައީސް އަޒުލު ކުރެވޭ މެންބަރުންގެ އަދަދު މަދުވާ ގޮތަށް މަޖިލިސް ގަވާއިދަށް ގެނެވުނު އިސްލާހުގެ އިތުރުން، އަޒުލު ކުރުމުގެ މަރުހަލާ ފަސޭހަ ކުރުމަށްވެސް އެދުވަހު އިސްލާހެއް ހުށަހެޅުނެވެ.

އެގޮތުން މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ޢަލީ ޢާޒިމް ހުށަހެޅުއްވި އެ އިސްލާހުގައި ވަނީ؛

• ގަރާރުގެ ނޯޓިސް ދެ ދުވަހުގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދިނުން އަދި 14 ދުވަހުގެ މުއްދަތަކަށް ފަހު އެންމެ ފުރަތަމަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް ގަރާރު ހުށަހެޅުން

• ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރުގެ ބަހުސަށް ގިނަވެގެން ދެވޭނީ ތިން ގަޑިއިރު

• އެ މައްސަލަ ތަޅުމުން ފާސްވުމުން ފޮނުވަން ޖެހޭ ކޮމިޓީގައި ކުރިން ތިބެން ޖެހޭ ކަމަށް ބަޔާންކުރާ 11 މެންބަރުންގެ އަދަދު ހަތަކަށް މަދުކުރުން

• އެ ކޮމިޓީގައި ހުރިހާ ސިޔާސީ ޕާޓީއެއް ތަމުސީލުވާން ނުޖެހޭ ގޮތް ހެދުން

ޢާޒިމްގެ އިސްލާހަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ވަނީ އިތުރު އިސްލާހެއް ހުށަހަޅުއްވާފައެވެ.

އެއީ ކޮމިޓީއަށް ހާޒިރުވެ، ރައީސާއި ނައިބު ރައީސަށް ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށާއި، ކޮމިޓީއަށް ހާޒިރުކުރުމުގެ ކުރީގައި މަދުވެގެން ދެ ގަޑިއިރުގެ ނޯޓިހެއް ފޮނުއްވުމަށެވެ. 

މީގެ އިތުރުން، ކޮމިޓީން މައްސަލަ ދިރާސާކުރުމަށް ފަހު، ފަސް ދުވަހުގެ ތެރޭގައި ރިޕޯޓެއް އެކުލަވައިލާ މަޖިލީހުގެ ރައީސަށް ފޮނުވައި އެ ރިޕޯޓަށް ލިޔުމުން ޖަވާބުދާރީވާން ރައީސާއި ނައިބު ރައީސަށް ދެ ދުވަހުގެ ފުރުސަތެއް އަރުވަން ވަނީ ހުށަހަޅައިފައެވެ. 

ހިސާންގެ އިސްލާހާ އެކު މަޖިލީހުގެ ގަވާއިދަށް އިސްލާހު މިހާރު ވަނީ އިސްލާހު ކުރެވިފައެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ