ޑެމޮކްރެޓިކްސް ޕާޓީގެ އިސްވެރިން
ހަބަރު
30 Jan 2024 | 18:12
މަޖިލިހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަން ކުރުމަކީ ޤާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން: ޑިމޮކްރެޓްސް

ދަޢުލަތުގެ އެއްބާރުކަމަށްވާ ރައްޔިތުންގެ މަޖިލިހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން ހަމަ އެމަޤާމަށް އައްޔަން ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޤާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން ކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން މިފަދައިން ބުނެފައިވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވަޒީރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވާ ތިންވަޒީރަކަށް މަޖިލިހުން ރުހުން ދޭން ނުފެންނަ ކަމަށް ނިންމާފައި ވަނިކޮށް އަލުން އެތިން ބޭފުޅުންނަށް ހަމަ އެ ވުޒާރާތަކުގެ ވަޒީރުކަން ދެއްވުމާއި ގުޅިގެންނެވެ.

އިއްޔެ ބޭއްވުނު މަޖިލިހުގެ ޖަލްސާގައި ރުހުން ދޭން ނުފެންނަކަމަށް ނިންމާފައި ވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށާއި، އެޓާނީ ޖެނަރަލް އަހުމަދު އުޝާމަށާއި ، އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ދަ ޑިމޮކްރެޓްސްއިން ނެރުނު ބަޔާނުއި ބުނެއިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި އަމަލަކީ ޤާނޫނު އަސާސީގެ ހުރުމަތް ކަނޑާލުން ކަމަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތައް އަލުން އަނބުރާ ނުފޮނުވޭނެ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ވަޒީރުންތަކެއް އަލުން އައްޔަންކުރުމަކީ ގާނޫނުއަސާސީގެ ހުރުމަތް ކަނޑާލުމެވެ. ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރުންގެ ނަންތަކެއް އަލުން އަނބުރާ ނުފޮނުވޭނެ," ޑިމޮކްރެޓްސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ޑިމެކްރެޓްސްގެ މި ކުރު ބަޔާނުގައި އިއްޔެ މަޖިލިހުގެ ރުހުން ނުލިބުނުދައުލަތުގެ ބަންޑާރަ ނައިބު އަލުން އެމަޤާމަށް އައްޔަން ކުރުމާއި ބެހޭގޮތުންވެސް އެޕާޓިން ދެކޭގޮތް ހާމަކޮށްފައި ވެއެވެ.

"ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން މީހަކު ބަންޑާރަ ނައިބުގެ ހައިސިއްޔަތާ އަމިއްލަ ޒާތީ ތައައްސުބުގެ ދެމެދުގައި ތާށިވެ ހުރެގެން، ގާނޫނުއަސާސީގެ އިންތަކާ މިންތަކުން ބޭރުން ގާނޫނީ ލަފަޔާއި ރައުޔުތައް ނެރި، ދައުލަތް ތަމްސީލެއް ނުކުރެވޭނެ" ޑިމޮކްރެޓްސއިން ބުނެފައިވެ އެވެ.

ޑިމޮކްރެޓްސްގެ ބަޔާން ނިންމާލައިފައިވަނީ ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި،  ގާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ ކަންތައްތަކަށް ކުޑައިމީސް ނުކުރެއްވުމަށް ރައީސް ހަނދާން ކޮށްދެއްވަމުންނެވެ.

" ޤާނޫނު އަސާސީގެ ހުރުމަތާއި ދުނިޔޭގެ ޑިމޮކްރެޓިކް ހަމަތަކާއި، ޤާނޫނީ ދައުލަތްތަކުގެ ނިޒާމުތައް ރޭވިފައި އޮންނަ އެންމެ އަސާސީ މަފްހޫމުތަކަށް ކުޑައިމީސް ނުކުރެއްވުމަށް ހަނގުމަކޮށް އަރުވަމެވެ" ޑިމޮކްރެޓްސްއިން ނެރުނު ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.